ސަިޔާސީ މުވައްޒަފުންގެ މައުލޫމާތު ސިއްރުކުރަން ހައިކޯޓަށް ހުށަހެޅި މައްސަލަ ދައުލަތުން އަނބުރާ ގެންގޮސްފައިވާކަމަށް ބަންޑާރަ ނައިބް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނައިބް އަހަމްދު އުޝާމް އެކަމާ ގުލޭގޮތުން އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓުގައި ވިދާޅުވެފައިވަނީ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ދޭން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އިން އަންގައިފައިވާ ގޮތަށް، އެ މައުލޫމާތު ހާމަކުރަން ސަރުކާރުން ނިންމައިފި ކަމަށާއި، އަދި މިމައްސަލާގައި ދައުލަތުގެ ފަރާތުން 2 ފެބްރުއަރީގައި ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު އަނބުރާ ނެގުމަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން 3 ފެބްރުއަރީގައި ވާނީ ހައިކޯޓަށް ހުށަހަޅާފައި ވާކަމަށެވެ.
މިމައްސަލާގައި ދައުލަތުގެ ފަރާތުން 2 ފެބްރުއަރީގައި ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު އަނބުރާ ނެގުމަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން 3 ފެބްރުއަރީގައި ވާނީ ހައިކޯޓަށް ހުށަހަޅާފައި. އަދި މިމައުލޫމާތު ހޯދުމަށް އެދުނު ފަރާތަށް އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާ އެއްގޮތަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ރައީސް އޮފީހުން ފޯރުކޮށްދޭނެ،" ބަންޑާރަ ނައިބް އުޝާމްގެ ޕޯސްޓްގައި ލިޔުއްވާފައިވެއެވެ.
ސިޔާސީ މަގާމުތަކަށް އައްުޔަނުކޮށްފައިވާ ހުރިހާ މުވައްޒަފުންގެ އެޑްރެސް ފިޔަވައި ނަމާއި، ވަޒީފާ އަދާކުރަމުންދާ ތަންތަނުގެ ތަފްސީލު ހިމެނޭ މައުލޫމާތުތައް އާންމުކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމުން ރައީސް އޮފީހުން އިސްތިއުނާފްކުރީ މި މަހުގެ 2 ވަނަ ދުވަހު އެވެ.







