މާލެ: 31°C

ސިޔާސީ ހަލަބޮލިކަން، ނަފުސާނީ ދުޅަހެޔޮކަމަށް ހުރި ނުރައްކަލެއް!

December 9, 2022
2 ފަހަރު ބަލާފައި
ސިޔާސީ ހަލަބޮލިކަން، ނަފުސާނީ ދުޅަހެޔޮކަމަށް ހުރި ނުރައްކަލެއް!
ސިޔާސީ ހަލަބޮލިކަން، ނަފުސާނީ ދުޅަހެޔޮކަމަށް ހުރި ނުރައްކަލެއް!
ބޮޑެތި ސިޔާސީ ހަރަކާތްތަކުގެ ސަބަބުން މީހުންގެ ނަފުސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަމަށް ދުށުމަކީ އެހާ އާކަމެއް ނޫނެވެ. އެއީ ވަރަށް ކުރިއްސުރެ ގިނަ ބަޔަކު ގަބޫލުކުރަމުން އައި ގަބޫލުކުރުމެކެވެ. ކުރިއްސުރެ ގަބޫލުކުރެވިފައި އޮތީ އާއްމުންގެ ޝައުގުވެރިކަން އެކަންކަމަށް އިންތިހާއަށް އޮންނައިންތިހާބުތައް ބޮޑެތި ސިޔާސީ ހަރަކާތްތަކުގެ ސަބަބުން ޖުމްލަ ގޮތެއްގައި މީހުންގެ ހާސްކަން އިތުރުކުރުވާ ކަމަށެވެ. އެހެން ނަމަވެސް މީގެ ކުރިން އެކަން ރަނގަޅަށް ދިރާސާކޮށްފައެއް ނެެތެވެ. އެމެރިކާގެ ބޮސްޓަންގައި ހުންނަ ބެތު އިޒްރޭލް ޑެކަނެެސް މެޑިކަލް ސެންޓަރު (ބީއައިޑީއެމްސީ) ގެ ސައިންޓިސްޓުން މިހާރު ވަނީ އެކަން ދިރާސާކޮށްފަ އެވެ. އެ ދިރާސާއިން އެނގުނު ގޮތުގައި ސިޔާސީ ބޮޑެތި ހަރަކާތްތަކުގެ ސަބަބުން މީހުންގެ ނިންޖަށް އަސަރުކޮށް، އެގޮތުން ޖުމަލްކޮށް މުޅި މުޖުތަމައަށް އެކަމުގެ ނަފުސާނީ އަސަރުތައް ކުރެ އެވެ. އެމެރިކާގެ ދަ ނެޝަނަލް ސްލީޕް ފައުންޑޭޝަންގެ ޖާނަލް "ސްލީޕް ހެލްތު" ގައި ޝާއިއުކޮށްފައިވާ އެ ދިރާސާއިން އެނގުނު ގޮތުގައި މީހުންގެ މޫޑަށް އެކަމުން އަސަރުކޮށް، ބަނގުރާ ބުއިން ފަދަ ގެއްލުން ހުރި ކަންތައްތައް ވެސް އެފަދަ ސިޔާސީ ހަރަކާތްތަކުގެ ސަބަބުން އިތުރުވެ އެވެ. ބައިބައިވުން ބޮޑު ސިޔާސީ ހަރަކާތްތަކުގެ ސަބަބުން، މީހުންގެ މޫޑަށް ނުބައި އަސަރުކުރުވާ އެހެން އެތައް ކަމެއް ވެސް ވާ ކަމަށް އެ ދިރާސާއިން ދެއްކި އެވެ. "މީގެ ކުރިން އެތައް އަހަރެއްގައި ހިނގައި ދިޔަ ސިޔާސީ ހަލަބޮލިކަމަށް ބަލާއިރު މި ހޯދުންތަކަކީ ހައިރާންކުރުވަނިވި ހޯދުންތަކެއް ނޫން. އަހަރެމެންގެ ދިރާސާއިން ހޯދުނު ހޯދުން ތަކަކީ ހާސްކަން ބޮޑު ހަރަކާތްތަކުގައި އަހަރެމެންނަށް ކުރެވިފައިވާ ތަޖުރިބާ ތަކާ ހަމަ އެއްގޮތް ހޯދުންތަކެއް" ބީއައިޑީއެމްސީގެ ދިރާސާގެ އެއް މުސައްނިފު، ޑރ. ޓޯނީ ކަނިންހަމް ސައިންސް ޑެއިލީއަށް ވިދާޅުވެފައި ވެ އެވެ. ޑރ. ކަނިންހަމް ވިދާޅުވެފައިވާ ގޮތުގައި ދިރާސާއިން ކުރެވުނު ކަމަކީ ސިޔާސީ ހަލަބޮލިކަމާއި މެދުގައި ކުރިއްސުރެ ގަބޫލުކުރެވިފައި އޮތް ގަބޫލުކުރުންތައް ސައިންޓިފިކް ގޮތުން ކަށަވަރުކުރެވުމެވެ. ސިޔާސީ ކަންކަމުގެ ސަބަބުން މީހުން ނިންޖަށާއި މޫޑަށް ކުރާ އަސަރު، ކަނިންހަމްއާއި އޭނާގެ ބައިވެރިން ދިރާސާކުރީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރި ނުބައި އަަސަރުތައް ފުޅާ ދާއިރާއެއްގައި ބަލަން ކުރި ބޮޑު ދިރާސާއެއްގެ ބައެއްގެ ގޮތުގަ އެވެ. އެމެރިކާގެ 437 މީހަކާއި އެހެން އެކިއެކި ގައުމުތަކުގެ 106 މީހަކު ބައިވެރިިކޮށްގެން ކުރި އެ ދިރާސާގައި އެމީހުންނާ ސުވާލުކޮށް ސާވޭ ކުރީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު އެކަކުން 13 އަށް ( އެމެރިކާގެ އިންތިހާބު ފެށުމުގެ ކުރިން) އަދި އެއަހަރުގެ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހާ ހަމައަށް ( އެމެރިކާގެ އިންތިހާބުގެ ދުވަސްވަރު) އެވެ. ސާވޭގެ ބައިވެރިން އެ ދެ މުއްދަތުގައި ރިސާޗަރުންނަށް މައުލޫމާތު ދިނީ އެމީހުން ނިދާ ވަގުތުގެ ދިގުމިނާއި ނިދީގެ ފެންވަރާއި ބަނގުރާބުއިމުގެ އާދަ އަށް އައި ބަދަލާއި ޖުމްލަގޮތެއްގައި އެމީހުންގެ ހާސްކަން ތަޖުރިބާ ކުރެވުނު މިންވަރާ ބެހޭ ގޮތުންނެވެ. އެ ސާވޭއިން އެނގުނު ގޮތުގައި މީހުންގެ ނިދުނު މިންވަރާއި ނިދީގެ ފެންވަރަށް ބަދަލު އައިސް ނަފުސާނީ ދުޅަހެޔޮކަމަށް  ނުބައި އަސަރުކުރާ އެހެން ކަންތައްތައް އިތުރުވީ އެމެރިކާގެ އިންތިހާބުގެ ދުވަސްވަރުގަ އެވެ. އަދި އެ އަަސަރު އެންމެ ބޮޑަށް ކުރީ ވެސް ސާވޭގައި އެމެރިކާއިން ބައިވެރިވި މީހުންނަށެެެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ