އެކަންކުރަން ވަރަށް މަޖުބޫރުކުރުވާ ހާލަތަކަށް ބައެއް ބޭފުޅުންގެ ޕްރެޝަރު އައި. މަސްވެރިންނަށް ފައިސާ ނުލިބިގެން ކޫއްޑޫގައި ހިނގި އިހުތިޖާޖުގައި އަޅުގަނޑު ދެކުނީ އެގޮތަކަށެއް ނޫން. އަޅުގަނޑު ދުށީ އެގޮތަކަށްނޫން. ބޭނުންވީ ހަމަ މަޝްވަރާގެ އުސޫލުން އެކަން ކުރަން. އެއީ އެބޭފުޅުންގެ ޖާއިޒް ފައިސާ. އެކަމަކު އަޅުގަނޑުވެސް ގަބޫލެއް ނުކުރަން ސަރުކާރުގެ އިދާރާއަކަށް، އެ ހަމަ ރައްޔިތުންގެ މުދާ.. އެތަންތަނަށް ވަދެ އިހުތިޖާޖު ކުރަން ވާނެ ކަމަކަށެއް. އެހެންނަމަވެސް އެ އިހުސާސްތައް އަޅުގަނޑުމެންވެސް ޖެހޭނެ އަންޑަރސްޓޭންޑްވާން"ގއ ކޫއްޑޫގައި މިފަހުން ހިނގާ ދިޔަ މަސްވެރިންގެ މުޒާހިރާއާ ގުޅޭގޮތުން ރައީސް ވިދާޅުވިއެވެ. މި ބަސްދީގަތުމުގައި ރައީސް ވިދާޅުވީ، ގައުމުގައި ހަމަޖެހުން އޮތުމަކީ އެމަނިކުފާނު އެންމެ އިސްކަންދެއްވާ އެންމެ މުހިއްމު އެއް ކަންތައް ކަމަށާއި، ކަން މިހެން އޮތްނަމަވެސް ވަރަށް ހިތާމަވެރި ކަންކަމާ ދިމާވާ ކަމަށެވެ. މިގޮތުން މިދިޔަ ސަރުކާރުން އިންތިހާބާ ދިމާކޮށް ސިޔާސީވިސްނުމުގައި އެތައް ކުށްވެރިންނެއް ދޫކޮށްލާފައިވާކަމަށެވެ. އެކި ކަހަލަ ކުށްތައް ކޮށްފައިވާ މީހުން ޖަލުން ދޫކޮށްލުމުގެ ސަބަބުން މުޖުތަމައު ތެރޭގައި އެކިކަހަލަ ކުށްކުރާމީހުން އުޅޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެކަންކަން ހަމަޔަކަށް އެޅުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށާއި، ހުރިހާ މަގަކުންގޮސް ގައުމުގައި ހަމަނުޖެހުން ގާއިމްކުރައްވާނޭ ކަމަށެވެ.

ސިޔާސީ ގޮތުން ކިތަންމެ ވަރަކަށްވެސް ފާޑުކިޔަންވީ. މިނިވަންކަން އޮންނާނެ: ރައީސް ޑރ.މުއިއްޒު
ސިޔާސީ ގޮތުން ކިތަންމެ ވަރަކަށްވެސް ފާޑުކިޔަންވީ. މިނިވަންކަން އޮންނާނެ: ރައީސް ޑރ.މުއިއްޒު
ލިޔުން:
އަދުގެ ސަރުކާރަށް ސިޔާސީގޮތުން ކިތަންމެ ވަރަކަށްވެސް ފާޑުކިޔަންވީ ކަމަށާއި، އެ މިނިވަންކަން ހުރިހާ ފަރާތްތަކަށްވެސް އޮންނާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށްދެއްވި ބަސްދީގަތުމެއްގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވިދާޅުވިގޮތަށް ސިޔާސީގޮތުން ފާޑުކިޔުމުގެ މިނިވަންކަމަށް ފުރުސަތު ދެއްވާނޭކަމަށް ބުނި ބުނުން އަދިވެސް އޮތީ އެގޮތުގައި ކަމަށާއި، އަދިވެސް ކަންކަން އޮތީ ހަމަ އެ ދުވަހު ވިދާޅުވިގޮތަށް ކަމަށެވެ.
ރައީސް ވިދާޅުވީ، ސިޔާސީ ގޮތުން ކިތަންމެ ވަރަކަށްވެސް ފާޑުކިޔަންވީ ކަމަށާއި، މި ސަރުކާރަކުން ސިޔާސީ ފަރާތްތައް ހައްޔަރުކޮށް ބަންދުކޮށް ނުހަދާނޭކަމަށެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު މިވީ ދުވަސްތަކުގައި އެކަން ވަރަށް ރަނގަޅަށް ފެންނަން އޮންނާނޭކަމަށް ރައީސް ވިދާޅުވިއެވެ.
"ސިޔާސީ ވިސްނުމުގައި ހައްޔަރުކުރި ހަމަ އެކަކުވެސް ނުހުންނާނެ. ސުވާލެއް ކުރުމަށް ގެންދިޔަ ސިޔާސީ އެކަކުވެސް ނުހުންނާނެ. އަދި ނުވެސް ގެންދާނަން. އަޅުގަނޑަށް ހަމަ އެންމެ ރަނަގޅު ސިޔާސީ ވިސްނުމުގައި ކިތަންމެ ވަރަކަށް ކްރިޓިސައިޒް ކުރިއަސް. އަޅުގަނޑު އެބޭފުޅަކަށް ކުރިމަތިކުރާނެ ދަތިކަމެއް ނޯންނާނެ" ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސިޔާސީގޮތުން އެމަނިކުފާނަށް ވަރަށް ހައްސާސް ދަނޑިވަޅުތަކާ ބައެއް ފަހަރު ކުރިމަތިވެ ވަޑައިގަންނަވާ ކަމަށާއި، އެމަނިކުފާނުގެ ވެރިކަމުގައި ސިޔާސީ ބޭފުޅުންނަށް މި ގައުމުގައި ހަމަޖެހިލައިގެން އުޅެވޭނޭ ކަމަށެވެ. މިގޮތުން ރައްޔިތުން ކަމަކަށް ނިކުތީމައި ފުލުހުންނާއި ސިފައިން ބޭނުންކޮށްގެން ރައްޔިތުން ހިފާ ހައްޔަރުކުރުމަކީ އެމަނިކުފާނު ގެންގުޅުއްވާނޭ ވިސްނުމެއް ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
