މާލެ: 31°C

ސިއްރު ވޯޓެއް ލުމުގެ ހައްގު ހޯދަން ބްލައިންޑް އެސޯސިއޭޝަން ތެދުވެއްޖެ

March 1, 2023
2 ފަހަރު ބަލާފައި
ސިއްރު ވޯޓެއް ލުމުގެ ހައްގު ހޯދަން ބްލައިންޑް އެސޯސިއޭޝަން ތެދުވެއްޖެ
ސިއްރު ވޯޓެއް ލުމުގެ ހައްގު ހޯދަން ބްލައިންޑް އެސޯސިއޭޝަން ތެދުވެއްޖެ
ލޮލަށް ފެނުމުމުން މަހުރޫމުވެފައިވާ މީހުނަށް ސިއްރުވޯޓެއް ނުލެވޭތީ، ބްލައިންޑް އެސޯސިއޭޝަނުގެ މެމްބަރުން ކަންބޮޑުވުން ފާޅުކޮށް އެކަމަށް ހައްލެއް ހޯދަން އެފަދަ މީހުންގެ ޖަމިއްޔާ ، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް ތެދުވެއްޖެ އެވެ. އެ ޖަމިއްޔާއިން މިއަދު ވަނީ ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. ލޮލަށް ނުފެނުނަަސް ސިއްރު ވޯޓެއް ލެވޭ ފަދަ އުފެއްދުންތައް މިހާރު ހުރި އިރު އެފަދަ ތަކެތި ބޭނުން ކުރަން ފުރުސަތު ނުދެވެނީ އިލެކްޝަންސް ކޮމިޝަނުން ބުނާ ގޮތުގައި ގާނޫނު އެކަމަށް ތަން ނުދޭތީ އެވެ. އެކަންބޮޑުވުން ތަކާއި އެކު ރައްޔިތުންގެ މަޖިލީހަށް ދިއުމުން ބްލައިންޑް އެސޯސިއޭޝަނުގެ މެމްބަރުންނާ ބައްދަލުކުރީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ގުޅިގެން އުފެއްދި ޖޮއިންޓް ކޮމިޓީއަކުންނެވެ. އެބައްދަލުވުމަށް ފަހު ރައްޔިތުންގެ މަޖްލީހުގެ އިދާރާގައި މިއަދު ބްލައިންޑް އެސޯސިއޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ އެސޯސިއޭޝަނުން ބުުނީ ލޯޯފަން މީހުންނަށް އަމިއްލައަށް ވޯޓުލެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް، އެދި، ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.  އެގޮތުން އެކި އިދާރާތަކާއި ސިޔާސީ ޕާޓީތަކާ ބައްދަލުކުރަމުންދާ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުންޏެވެ. ނޫސްވެރިންގެ ބައްދަލުވުން ފައްޓަވާދެއްވީ މަޖްލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ލޯފަން މީހުންގެ ހުސަހެޅުމަށް ތާއިދުކުރައްވާ ކަމަށް ވިޑާޅުވުމަށް ފަހު ރައިސް ނަޝީދު އެ ބައްދަލުވުން ދޫކުރައްވާ ވަޑައިގެންނެވިއެވެ. " "އެ ބޭފުޅުން އެ ބޭނުންފުޅުވާ ގޮތަށް މިކަން އަޅުގަނޑުމެން ނުކުރަންވީ އެއްވެސް ސަބަބެއް ވެސް ނެތް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ބްލައިންޑް އެސޯސޮއޭޝަންގެ ނައިބު ރައީސް ހުސައިން ޝަރީފް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުމާ ގުޅޭ ގާނޫނުގައިވާގޮތުން، ނުކުޅެދުންތެރިކަން ހުންނަ މީހުނަށް މިނިވަންކަމާ އެކު ސިއްރު ވޯޓެއް ލުމުގެ ހައްގު ލިބެންޖެހޭކަމުގައެވެ. ނަމަވެސް، މިހާ ތަނަށް އެއްވެސް އިންތިހާބެއްގައި ލޯފަން މީހުންނަށް އެ ހައްގު  ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ..

" ގާނޫނު އަސާސީގެ 8/2010 ގާނޫނުން ކަށަވަރުކޮށްދީފައިވާ، މިނިވަންކަމާއެކު ސިއްރުވޯޓެއް ލުމުގެ ހައްގު ، ގާނުގައި އޮތް އިރުވެސް މިހާތަނަށް އެހައްގު ލިބިފައި ނުވޭ، 2017 އިން ފެށިގެން މަސައްކަތް ކުރަމުން ދިޔަނަމަވެސް އަދިވެސް ކާމިޔާބު ނުވޭ " ހުސައިން ޝަރީފް ވިދާޅުވިއެވެ. ބްލައިންޑް އެސޯސިއޭޝަނުން ބުނީ، ކޮންމެ ފަހަރަކު ވެސް އިންތިހާބު ކައިރިވީމަ، އިދާރާތަކުން އެކި ބަހަނާ ދައްކާ ކަމުގައެވެ. " އިންތިހާބު ކައިރިވީމަ އަޑު އިވެނީ ވަގުތު ނެތީމަ ނޫނީ ބަޖެޓް ނެތީމަ އެކަން ހައްލުނުކުރެވޭ ކަމަށް " ހުސައިން ޝަރީފް ވިދާޅުވިއެވެ. ލޯފަން މީހުންގެ ޖަމިއްޔާއިން ވަނީ އެމީހުންގެ ކަންބޮޑުވުން ހައްލުކުރެވޭނެ ގޮތެއްވެސް ހުށަހަޅާފައެވެ. އެގޮތުން 'ބެލޮޓު ޕޭޕާ ޓެމްޕުލޭޓު' ބޭނުން ކުރަން އިލްކްޝަންސް ކޮމިޝަނަށް ވެސް ހުށަހަޅާފައިވާނެކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ. [caption id="attachment_82605" align="alignnone" width="300"] ބެލޮޓް ޕޭޕާ ޓެބެލެޓްގެ ނަމޫނާއެއް ދައްކާލަނީ[/caption] އެ ޖަމިއްޔާ އިން ނޫސްވެރިންނަށް ދައްކާލި ސާމްޕަލްއަކީ ވޯޓު ކަރުދާހާ އެއްވަރަށް ޕްލާސްޓިކުން ތައްޔާރުކޮށްފައި އޮތް އެއްޗެކެވެ. އެ ބޭނުންކޮށްގެން ލޮލުން ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި އެމީހަކު ބޭނުންވާ ނަންބަރެއްގައި ފާހަގަ ޖެހުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ސާމްޕަލް ދައްކާލަމ،ުން އެޖަމިއްޔާގެ މެމްބަރުން ބުނިގޮތުގައި ވޯޓުކަރުދާސް ކޮންމެ ކޮޅަކަށް އަތަށް ލިބުނު ކަމުގައި ވިޔަަސް ބެލޮޓު ޕޭޕާ ޓެމްޕުލޭޓު ވޯޓުކަރުދާހުގައި ލިޔެފައި އޮންނަ ނަންތަކާ ދިމާކޮށްލުމުގެ ގާބިލުކަން އެބޭފުޅުންނަށް ލިބިގެންވާކަމުގައެވެ. އެ ޖަމިއްޔާއިން ބުނިގޮތުގައި އިލެކްޝަންސް ގެ ތަފާސް ހިސާބު ދައްކާ ގޮތުން 800 މީހުން އެބަތިއްބެވެ. " ވޯޓުލާން ބަހައްޓާ 600 އެއްހާ ވޯޓު ފޮށީގެ ތެރެއިން ކޮންމެ ފޮއްޓަކަށް އޭގެ އެއް ކަރުދާސް ދިނަސް މި އިންތިޒާމް ވަރަށް ފަސޭހައިން ހަމަޖެހޭނެ " ލޯފަން މީހުންގެ ޖަމިއްޔާއިން ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ