މާލެ: 31°C

ސިންގަލް ޔޫޒް ޕްލާސްޓިކްގެ ތެރެއިން މަނާުކުރާ ބާވަތްތަކުގެ ފުރަތަމަ ލިސްޓް ނެރެފި

December 20, 2022
2 ފަހަރު ބަލާފައި
ސިންގަލް ޔޫޒް ޕްލާސްޓިކްގެ ތެރެއިން މަނާުކުރާ ބާވަތްތަކުގެ ފުރަތަމަ ލިސްޓް ނެރެފި
ސިންގަލް ޔޫޒް ޕްލާސްޓިކްގެ ތެރެއިން މަނާުކުރާ ބާވަތްތަކުގެ ފުރަތަމަ ލިސްޓް ނެރެފި
ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރާ ސިންގަލް ޔޫޒް ޕްލާސްޓިކްގެ ބާވަތްތަކުގެ ފުރަތަމަ ލިސްޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ގަރާރަކުން އެކުލަވާލައި އާއްމުކުރައްވައިފި އެވެ. ކުނި މެނޭޖްކުރުމުގެ ގާނޫނުގެ (30) ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ރައީސް އެކުލަވައިލެއްވި ލިސްޓްގައިވާ ބައެއް ބާވަތްތައް އުފެއްދުމާއި ބާޒާރަށް ނެރުން އިއްޔެއިން ފެށިގެން މަނާވާނެ އެވެ. އެ ގަރާރުގައިގާ ގޮތުން ލިސްޓްގައިވާ ބައެއް ބާވަތްތައް ބާޒާރަށް ނެރުން މަނާވާ ތާރީހު ތަފާތެވެ. އޭގެ ތެރެއިން ބައެއް ބާވަތްތައް ބާޒާރަށް ނެރުން މަނާވާނީ އަންނަ އަހަރުގެ މާޗްމަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެެވެ. އިއްޔެއިން ފެށިގެން މަނާވި ބައެއް ބާވަތްތައް
  • އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ހޮޅި
  • ކާބޯ ތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި
  • ބާޒާރު ކުރުމަށް ބޭނުންކުރާ 30*30 ސެންޓިމީޓަރައްވުރެ ކުދި ޕްލާސްޓޮކް ކޮތަޅު
  • ޕްލާސްޓިކްއިން ބަންދު ކޮށްފައި ހުންނަ ސުޕާރި
  • ޕްލާސްޓިކް ބޭނުން ކޮށްފައި ހުންނަ ކަންފަތް ސާފު ކުރުމަށް ބޭނުންކުރާ ކަފަ ބުރު
އަންނަ އަހަރުގެ މާޗްމަހުން ފެށިގެން މަނާކުރާ ބާވަތްތައް
  • 50 މައިކްރޯނަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅު
  • 50މިލިލީޓަރުން ފެށިގެން 200މިލިލީޓަރާ ހަމައަށް ހިމެނޭ ޕްލާސްޓިކުގައި ބަންދު ކޮށްފައިހުންނަ ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނާރ އަދި ލޯޝަން
  • 1 ލީޓަރައްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދު ކޮށްފައި ހުންނަ ފެންފުޅި.
  • ރާއްޖޭގައި އުފައްދާ އެއް ލީޓާއި އެއް ލީޓަރަށް ވުރެ ކުދި ފެންފުޅި
ކުނި މެނޭޖްކުުރުމުގެ ގާނޫނުގައިވާ ގޮތުން ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ސިންގަލް ޔޫޒް ޕްލާސްޓިކްގެ ލިސްޓް، އެކި މަރުހަލާތަކަށް ބަހާލައިގެން ނެރުމުގެ އިހުތިޔާރު ރައީސަށް އޮންނާނެ އެވެ. ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި ސަރުކާރުގެ އަމާޒަކީ 2024 ވަަނަ އަހަރު އައުމުގެ ކުރިން ރާއްޖޭގައި ސިންގަލް ޔޫޒް ޕްލާސްޓިކް ބޭނުންކުރުން ހުއްޓުމަކަށް ގެނައުމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ