
ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
ލިޔުން:
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެއަށް ވަޑައިގަންނަވައިފިއެވެ.
ރައީސް ސިންްގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ފެއްޓެވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އެމަނިކުފާނު ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސިންގަޕޫރުގެ ހޮސްޕިޓަލަކުން ތައިރޮއިޑް އޮޕަރޭޝަނެއް ކުރައްވައިފަ އެވެ. އޭގެ ފަހުން އެ އަހަރުގެ އޮކްޓޯބަރު މަހު ވެސް އެމަނިކުފާނު އެގައުމަށް ނުރަސްމީ ދަތުރުފުޅެއް ކުރެއްވި އެވެ. އަދި މިއަހަރުގެ ފެބްރުއަރީ މަހުގައި ވެސް ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވިއެވެ.
އެކަމަކު މިފަހަރުގެ ދަތުރުފުޅަކީ ސިއްހީ ފަރުވާއަކަށް ކުރައްވާ ދަތުރުފުޅެއް ކަމެއް ނުވަތަ ނޫންކަމެއް އަދި ނޭނގެ އެވެ.
ރައީސް ރާއްޖެ ވަޑައިގަތުން ފިޔަވާ މި ދަތުރުފުޅުގެ އެއްވެސް ތަފްސީލެއް ރައީސް އޮފީހަކުން ހާމައެއް ނުކުރައްވައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
