މާލެ: 31°C
ސިނަމާލެ ބްރިޖް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ސިނަމާލެ ބްރިޖް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

March 31, 2024
2 ފަހަރު ބަލާފައި
ސިނަމާލެ ބްރިޖް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި
މާލެ އާއި ހުޅުމާލެ ގުޅުވާފައިވާ ސިނަމާލެ ބްރިޖް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެ މަސައްކަތް ކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ބްރިޖް އެޅި ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) ސެކަންޑް ހާބަ އިންޖިނިއަރިން ކޮމްޕެނީ އަށް ހަވާލުކޮށްފައެވެ. މި މަހުގެ 20 ވަނަ ދުވަހު ހަވާލުކުރި މި މަސައްކަތުގެ ތެރޭގައި ސިނަމާލެ ބްރިޖަށް މިހާރު ދިމާވެފައި ހުރި މަރާމާތުތައް ދެނެގަނެ ހައްލުކުރުމާއި، މެއިންޓެނަންސް މަސައްކަތުގެ ރެކޯޑު ބަލަހައްޓާނެ ނިޒާމެއް ހެދުމާއި، ޕްރިވެންޓިވް މެއިންޓެނަންސް އަދި މައްސަލަތައް ދެނެގަތުމާއި ގުޅޭ އެސެސްމަންޓް ހެދުން ހިމެނެއެވެ. https://twitter.com/MoCImv/status/1774031673996570651 މީގެ އިތުރުން، ބްރިޖްހގެ މެއިންޓެނަންސް މަސައްކަތަށް ދިވެހި ޓެކްނީޝަނުންގެ ގާބިލުކަން އުފެއްދުމުގެ ދަށުން، އެއްބަސްވުމުގެ މުއްދަތު ނިމުމުން މެއިންޓެނަންސް މަސައްކަތާ ހަވާލުވެވޭނެ ފެންވަރަށް ދިވެހިން ބިނާކޮށް ޓީމުގެ ބެލުމުގެ ދަށުން މެއިންޓެނެންސް މަސައްކަތް ކުރުމަށް ވެސް ހަމަޖެހިފައިވެއެވެ. މި މަސައްކަތަށް ދިވެހިން ތަމްރީން ކުރަނީ ބްރިޖް އިންޖިނިއަރިން، ރޯޑް އިންޖިނިއަރިން، އިލެކްޓްރޯލް މެކޭނިކަލް، ޓްރެފިކް ސޭފްޓީ، ފެސިލިޓީ ލޭންޑްސްކޭޕިން އަދި ބްރިޖް މެއިންޓެނަންސްގެ ދާއިރާތަކުންނެވެ. 3.6 މިލިއަން ޑޮލަރު ހަރަދުވާ މި މަސައްކަތަކީ ޗައިނާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭ ހިލޭ އެހީއެކެވެ. މި އެއްބަސްވުމުގެ ދަށުން ކޮންމެ މަހަކު ކުރިއަށްގެންދާ މެއިންޓަނަންސާއި ކޮންމެ ހަ މަހުން ކުރިއަށްގެންދާ މަސައްކަތް އަދި އަހަރަކު އެއް ފަހަރު ކުރިއަށްގެންދާ މެއިންޓަނަންސް ހިމެނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ