
ސިނަމާލެ ބްރިޖް ހައިވޭގައި އެކްސިޑެންޓެއް ހިނގައިފި
ސިނަމާލެ ބްރިޖް ހައިވޭގައި އެކްސިޑެންޓެއް ހިނގައިފި
ލިޔުން:
ސިނަމާލެ ބްރިޖް ހައިވޭގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް އެކްސިޑެންޓް ވެއްޖެއެވެ.
އެ އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 9 ހާ އިރު އެވެ. ބާރު ސްޕީޑްގައި ދުއްވާފައި ދިޔުމުގެ ސަބަބުން ކާރު ކޮންޓްރޯލް ނުވެ، ހައިވޭގެ އަރިމަތީގެ ފެންސްގައި ޖެހި. ކާރުގެ ކުރީކޮޅަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށް މަންޒަރު ދުއްމީހަކު ބުންޏެވެ.
މިއެކްސިޑެންޓާއި ބެހޭ މައުލޫމާތު އަދި ފުލުހުން ހިއްސާނުކުރެއެވެ.
މި ރޯދަމަސް ފެށުނު ފަހުން ސިނަމާލެ ބްރިޖު މަތިންނައި ހައިވޭގައި އެކްސިޑެންޓްތައް ހިނގުން ވަނީ އާންމުވެފައެވެ. ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ރޯދަމަހުގެ ފުރަތަމަ ފަނަރާގައި މާލޭ ސަރަހައްދުން އެކަނި 151 އެކްސިޑެންޓް ރިޕޯޓް ކޮށްފައިވާއިރު ޖުމްލަ 175 އެކްސިޑެންޓް ހުށަހާޅާފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
