މާލެ: 31°C

ސިލްސިލާ މާރާމާރީއާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި

February 16, 2025
73 ފަހަރު ބަލާފައި
ސިލްސިލާ މާރާމާރީއާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި
މާލޭގައި މި ފަހުން ސިލްސިލާ މާރާމާރީތައް ހިންގަމުންދާ މައްސަލައާ ގުޅިގެން 3 މީހަކު ހައްޔަރުކޮށްފި އެވެ.

މާލޭގައި މި ފަހުން ސިލްސިލާ މާރާމާރީތައް ހިންގަމުންދާ މައްސަލައާ ގުޅިގެން 3 މީހަކު ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ ކޯޓު އަމުރުން އެނގޭ ގޮތުގައި އެ މައްސަލާގައި ހައްޔަރުކުރީ 18 އަހަރުގެ މީހަކާ، 26 އަހަރުގެ މީހެއްގެ އިތުރުން 27 އަހަރުގެ މީހެކެވެ.

އެ އެންމެންނަކީ މާރާމާރީ ރާވައި ހިންގުމުގައި އަމަލީގޮތުން ބައިވެރިވާ ފަރާތްތައް ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ.

ހައްޔަރުކުރި މީހުން މާރާމާރީ ހިންގަނީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ހިފައިގެން ކަމަށާއި، އޭގެ ސަބަބުން ކޮންމެ މީހަކަށްވެސް ބޮޑު އަނިޔާއެއް ވެދާނެ ކަމުގެ ބިރު ފުލުހުން ފާހަގަކޮށްފައިވާކަން ކޯޓު އަމުރުން އެނގެ އެވެ.

އެ ތިން މީހުންގެ ބަންދަށް ކޯޓުން ވަނީ 7 ދުވަސް ޖަހާފަ އެވެ.

މި ފަހުން ސިލްސިލާކޮށް ހިންގާ މާރާމާރީއާ ގުޅިގެން މާލޭގެ ގޭންގެއްގެ އިސް މީހަކު މެލޭޝިޔާއިން އައި ތަނުން އެއާޕޯޓުން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ