
ސިލްކް ރޯޑް ރިސާޗަށް، ޒުވާނުންނަށް އެހީދޭން ޔުނެސްކޯއިން ހުޅުވާލައިފި
ސިލްކް ރޯޑް ރިސާޗަށް، ޒުވާނުންނަށް އެހީދޭން ޔުނެސްކޯއިން ހުޅުވާލައިފި
ލިޔުން:
އިހުޒަމާނުގައި ވިޔަފާރިއާއި އިގުތިސާދީ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ހިންގި "ސިލްކް ރޯޑްސް" އާ ބެހޭ ދިރާސާތައް ކުރަން އދ.ގެ ތަރިކައާ ބެހޭ އެޖެންސީ ، ޔުނެސްކޯ އިން ކޮންމެ އަހަރަކު ދޭ އެހީ ( ސިލްކް ރޯޑްސް ޔޫތު ރިސާޗް ގްރާންޓް) އަށް ކުރިމަތިލާން އެ އެޖެންސީން ހުޅުވާލައިފި އެވެ.
ހެރިޓޭޖް މިނިސްޓްރީން މީޑިއާތަކާ ހިއްސާކުރި، ޔުނެސްކޯގެ އިއުލާނުގައިވާ ގޮތުން ޔުނެސްކޯގެ އެ ޕްރޮގްރާމްގެ ދަށުން 12 ފަރާތަކަށް 10،000 ޑޮލަރުގެ އެހީ ދޭނެ އެވެ. އެ އެހީއަށް ކުރިމަތިލެވޭނީ އުމުރުން 35 އަހަރުން ދަށުގެ ޕޯސްޓް ގްރެޖުއޭޓް ރިސާޗަރުންނަށެވެ. ޔުނެސްކޯގެ އިއުލާނުގައިވާ ގޮތުން ފަރުދީ ގޮތުން ކުރާ ދިރާސާއެއް ނުވަތަ ބަޔަކު ގުޅިގެން ކުރާ ދިރާސާއަކަށް ހަރަދު ކުރަން ވެސް އެ އެހީއަށް އެދެވިދާނެ އެވެ.
ޔުނެސްކޯގެ އެ ޕްރޮގްރާމްގައި ދޭ އެހީ ބޭނުންކޮށްގެން ދިރާސާކުރަން ޖެހޭނީ ސިލްކް ރޯޑް ހިއްސާކުރި މީހުން ހިއްސާކުރި ތަރިކަތަކާއި އެ ސަރަހައްދުގެ ޑައިވާސިޓީ އާއި އޭރުގެ މުޖުތަމައުތަކުގެ މެދުގައި އޮތް ގުޅުމާއި އެއްބާރުލުން ފަދަ ކަންކަމާ ބެހޭ ގޮތުންނެވެ.
އެހީއަށް އެދުމަށް ޓަކައި ކުރަން ޖެހޭނެ ކަމަކީ ޔުނެސްކޯއިން ހަދާފައިވާ ޓެމްޕްލޭޓެއްގައި ހިމެނޭ މައުލޫމާތުތައް ފުރިހަމަކޮށްފައި ހުށަހެޅުމެވެ. އެ ޓެމްޕްލޭޓް ޔުނެސްކޯގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ. ޓެމްޕްލޭޓްގައި ވާ މައުލޫމާތު ފުރިހަމަ ކުރުމަށް ފަހު މެއިލް ކުރާނީ ޔުނެސްކޯގެ silkroadsgrant@unesco.org މި އެޑްރެހަށެވެ.
ޔުނެސްކޯ ސިލްކް ރޯޑްސް ޔޫތު ރިސާޗް ގްރާންޓަކީ ޗައިނާގެ އެހީގައި ހިންގާ އެހީގެ ޕްރޮގްރާމެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
