މާލެ: 31°C
ސިހުރު ހެދިކަމުގެ ތުހުމަތުގައި ފުނަދޫން ހައްޔަރުކުރި މީހާ ދޫކޮށްލައިފި

ސިހުރު ހެދިކަމުގެ ތުހުމަތުގައި ފުނަދޫން ހައްޔަރުކުރި މީހާ ދޫކޮށްލައިފި

June 6, 2024
3 ފަހަރު ބަލާފައި
ސިހުރު ހެދިކަމުގެ ތުހުމަތުގައި ފުނަދޫން ހައްޔަރުކުރި މީހާ ދޫކޮށްލައިފި
ށ. ފުނަދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރި މުހައްމަދު މަމްދޫހް މަރާލަން (މަންޑޭ) ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދުން ދޫކޮށްލައިފި އެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 60 އަހަރުގެ މީހެެކެވެ. މެންބަރު މަމްދޫހަށް އަމާޒުކޮށް ސިހުރު ހެދި ކަމަށް ތުހުމަތު ކުރެވޭ އެ މީހާ، އެފަދަ ސާމާނުތަކާ އެކު ހައްޔަރު ކުރީ މި ދިޔަ މަހުގެ ތިންވަނަ ދުވަހު އެވެ. އެދުވަހު އޭނާ ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދިނެވެ. އޭގެ ފަހުން އިތުރު 10 ދުވަސް ޖެހުމަށްފަހު އޭގެ ފަހުންވެސް ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 5 ދުވަސް ޖަހާދީފައެވެ. އެ މުއްދަތު ހަމަވުމާ ގުޅިގެން ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ދޫކޮށްލާފަ އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ