މާލެ: 31°C

ސިއްހީ ހިދުމަތްތެރިންނާއި ޔުނިވާސިޓީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ

February 6, 2023
2 ފަހަރު ބަލާފައި
ސިއްހީ ހިދުމަތްތެރިންނާއި ޔުނިވާސިޓީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ
ސިއްހީ ހިދުމަތްތެރިންނާއި ޔުނިވާސިޓީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ
ސިއްހީ ދާއިރާގެ މުވައްޒަފުންނާއި ޔުނިވާސިޓީ ތަކުގެ ލެކްޗަރާއިންގެ މުސާރަ އަންނަ މޭމަހުން ފެށިގެން ބޮޑުވާނެ ކަަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ޖަލްސާގައި މިހާރު އިއްވަމުން ގެންދަވާ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ އަންނަ މޭމަހުގެ އެކަކުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާނެ ކަމަށެވެ. ސަރުކާރު މުވައްޒަފުންގެ ތެރެެއިން މުސާރައިގެ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓް ނުލިބޭ ފަރާތްތަަކަށް އެ މިންވަރުގެ އެލަވަންސް ވެސް މޭމަހުގެ އެކަކުން ފެށިގެން ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. "މިދިޔަ އަހަރު މިމަގާމުގައި ހުރެ، އަޅުގަނޑު ދެންނެވި ގޮތަށް ތައުލީމީ ދާއިރާގެ ޕޭ ހާމަނައިޒް ކުރިން، ދެންނެވި ތާރީހުގައި އެ މުވައްޒަފުންގެ މުސާރައަށް ބޮޑު ބަދަލެއް ގެނައިން. މިއަހަރު ކުރިއަށް އޮތީ ސިއްހީ ދާއިރާ. އިރާދަކުރެއްވިއްޔާ އަންނަ މޭމަހުގެ އެކަކުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ޔުނިވާސިޓީތަކުގެ މުވައްޒަފުންގެ މުސާރައަށް ވެސް އަންނަ މާޗްމަހު ހެޔޮ ބަދަލު އަންނާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުން ކުރިއަށް ގެންދާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމިގެން ދާއިރު ޝަރުއީ ދާއިރާގެ މުވައްޒަފުންނާއި މުދިމުން އަދި ޖުމްލަކޮށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލު އަންނާނެ އެވެ. މަސައްކަތްތެރިންގެ މުސާރައާއި އިނާޔަތްތައް އިތުރުކޮށްދިނުމުގެ އިތުރުން މަސައްކަތްތުގެ މާހައުލުގައި މުވައްޒަފުންނަށް އޮންނަ ރައްކާތެރިކަން އިތުރުކުރުމަކީ ރައީސް ވިދާޅުވި ގޮތުގައި މުހިއްމު ކަމެކެވެ. އެމަނިކުފާނު ވިދާޅުވީ މަސައްކަތާއި ދިރިއުޅުމުގެ މާހަލުގައި ގާނޫނުގެ ރައްކާތެރިކަމާއި ހިމާޔަތް އޮންނަން ޖެހޭ ކަމަށެވެ. "އޮކިއުޕޭޝަަނަލް ހެލްތު އެންޑް ސޭފްޓީ ބިލް މިހާރު ވާނީ މި އިއްޒަތްތެރި މަޖިލީހަށް ހުށަހަޅާފައި. އަދި އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު މަޖިލީހުގެ މިދައުރަށް ސަރުކާރުން ފޮނުވާނެ،" ރައީސް ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި އެ ބިލުގެ މަސައްކަތް ނިންމަވައިދެއްވަން މަޖިލީހުގެ މެމްބަރުންގެ އަރިހުން ރައީސް އެދިވަޑައިގެންނެވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ