މާލެ: 31°C

ސިއްހީ އިހްމާލު މަދުކުރުމަށް އުސޫލުތައް ހަރުދަނާކުރަނީ

February 13, 2025
161 ފަހަރު ބަލާފައި
ސިއްހީ އިހްމާލު މަދުކުރުމަށް އުސޫލުތައް ހަރުދަނާކުރަނީ
ރާއްޖޭގައި ސިއްހީ ފަރުވާގެ އިހުމާލުގެ މައްސަލަތައް ބަލާނެ ގޮތުގެ އާ ޓްރީމެންޓް ގައިޑްލައިނެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިރޭ ހާމަކޮށްފި އެވެ. ާދސ ބޔ ށޓޭޅޝޯ "އެމްއެމް" ޓީވީގެ ޕްރޮގްރާމެއްގައި ސިއްހީ އިހުމާލުގެ މައްސަލަތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ސިއްހީ ނިޒާމުގައި ހުރި ކަންކަން ހަރުދަނާކުރުމަށްޓަކައި އެންމެ މުހިއްމުކަމަކީ ހިދުމަތްދޭ ފަރާތްތަކާއި ހިދުމަތްދޭ ގޮތުގެ އިތުރުން ހިދުމަތް ލިބޭ ފަރާތްތަކުގެ ރައްކާތެރިކ

ރާއްޖޭގައި ސިއްހީ ފަރުވާގެ އިހުމާލުގެ މައްސަލަތައް ބަލާނެ ގޮތުގެ އާ ޓްރީމެންޓް ގައިޑްލައިނެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިރޭ ހާމަކޮށްފި އެވެ.

"އެމްއެމް" ޓީވީގެ ޕްރޮގްރާމެއްގައި ސިއްހީ އިހުމާލުގެ މައްސަލަތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ސިއްހީ ނިޒާމުގައި ހުރި ކަންކަން ހަރުދަނާކުރުމަށްޓަކައި އެންމެ މުހިއްމުކަމަކީ ހިދުމަތްދޭ ފަރާތްތަކާއި ހިދުމަތްދޭ ގޮތުގެ އިތުރުން ހިދުމަތް ލިބޭ ފަރާތްތަކުގެ ރައްކާތެރިކުރުން ކަމަށެވެ.

އެކަމަކު އެ ރައްކާތެރިކަން ކަށަވަރުކޮށްދޭ ގާނޫނުތަކެއް ހެދިފައި ނެތްކަމަށް ނާޒިމް ވިދާޅުވި އެވެ.

"މި ދެކަން [ހިދުމަތްދޭ މީހުންނާ ހޯދާ މީހުން] ބެލެންސް ކުރެވިގެން ނޫނީ މުޅި ނިޒާމު ނިޒާމެއްގެ ގޮތުގައި ނޯއްނާނެ،" ނާޒިމް ވިދާޅުވީ އެކަށީގެންވާ ގާނޫނެއް ނެތުމުން ބަލިމީހުންނާ މެދު ފަރުވާކުޑަކޮށް ކުރާ ކަންތައް ބެލޭނެ ގޮތެއްވެސް ނެތް ކަމަށެވެ.

ނަމަވެސް އެކަންކަން ހަރުދާނަކުރުމަށްޓަކައި މުޅިން އާ ގައިޑްލައިނެއް އެކުލަވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހެލްތަށް އިރުޝާދު ދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ. ރައީސް އެހެން އެންގެވި އިރެއް ނާޒިމް ވިދާޅެއްނުވެ އެވެ.

"ދުނިޔޭގެ ކަމާބެހޭ މާހިރުންގެ އެހީއާ ރާއްޖޭގެ ފަންނީ ޑޮކްޓަރުންގެ ލަފައާއެކު ދިވެހި މުޖުތަމައަށް ފެތޭ ގޮތަށް އާ ޓްރީޓްމެންޓް ގައިޑްލައިނެއް ހެދި ރާއްޖޭގައި މަސައްކަތްކުރާ ޑޮކްޓަރުން އަހުލުވެރިވީމާ މީގެ ހެޔޮ ނަތީޖާ ފެނިގެންދާނެ،" ނާޒިމް ގަބޫލުކުރައްވާ ގޮތުގައި އެފަދަ ގައިޑްލައިންއަކަށް އަމަލުކުރަން ފެށުމުން އިހުމާލުގެ މައްސަލަތައް މަދުވާނެ އެވެ.

ސިއްހީ އިހުމާލުގެ މައްސަލަތައް ބަލައި، ފިޔަވަޅު އަޅަނީ ހެލްތް މިނިސްޓްރީ ތެރޭގައި އޮންނަ ކޮލިޓީ އެޝުއަރެންސް (ކިއުއޭ) ޑިޕާޓްމެންޓުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ