މާލެ: 31°C

ސިއްހީ ދާއިރާގެ މުސާރައާ މެދު ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދާދޭނެކަމަށް ސަރުކާރުން ބުނެފި

ސިއްހީ ދާއިރާގެ މުސާރައާ މެދު ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދާދޭނެކަމަށް ސަރުކާރުން ބުނެފި
May 25, 2023
2 ފަހަރު ބަލާފައި
ސިއްހީ ދާއިރާގެ މުސާރައާ މެދު ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދާދޭނެކަމަށް ސަރުކާރުން ބުނެފި
ސިއްހީ ދާއިރާގެ މުސާރަށް ގެނެވުނު ބަދަލާއި ގުޅިގެން އެދާއިރާގެ މުވައްޒަފުން ކަންބޮވުން ފާޅުުކުރަމުންދާތީ، އެކަންބޮޑުވުންތަކާ މެދު ސަރުކާރުން ހައްލު ހޯދާދޭނެ ކަމަށް ރައީސް ވިދާޅުވިކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. މިއަދު ރައީސް އޮފިހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއުވާން ވިދާޅުވީ، މުސާރައަށް އައި ބަދަލާ ގުޅިގެން އެކި ގިންތީގެ މުވައްޒަފުން ރައީސަށް ކަންބޮޑުވުން ހުށަހަޅާފައިވާކަމުގައެވެ. ސިއްހީ ދާއިރާގެ ވުވައްޒަފުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، އޯވަޓައިމް ގެ މައްސަލައާ އާ އޮނިގަނޑަށް މައިގްރޭޓް ވި އިރު ހުރި ރޭންކު ތަކުގެ މުސާރައާ ގުޅިގެން ހުރި ކަންބޮޑުވުންތަކެވެ. "ސެލެރީ ސްޓްރަކްޗާ އަށް އައި ބަދަލުގަ ވެސް ބައެއް ބޭފުޅުންގެ ކަންބޮޑުވުން އެބަހުރި، އެކަންކަން ރައީސަށް ހުށަހަޅުއްވާފަ ވަނީ، އެކަމާ ހައްލެއް ހޯއަދަވައި ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ" މިއުވާން ވިދާޅުވިއެވެ. މިއުވާން ވިދާޅުވީ، ޕޭކޮމިޝަނާއި ފިނޭންސް މިނިސްޓްރީއާ، އަދި ކަމާ ބެހޭ އެހެންފަރާތްތަކާ މަޝްވަރާ ކޮށްފަ އެކަމާ ގުޅޭ އިތުރު މައުލޫމާތު ކުރިއަށް އޮތްތަނުގަ ހާމަކުރާނެ ކަމަށެވެ. އޭގެ އިތުރުން މިއުވާން ވިދާޅުވީ ވަކި ގޮތަކަށް މިހާރު ޕޭ ސްްޓްރަކްޗާ އިއުލާނުކޮށްފަ އޮތަތީވެ، އެއަށް ގެންނަން ޖެހޭ ބަދަލު ނުގެނެސް ނުވަތަ ކަންބޮޑުވުން ތަކަށް ނުބަލާ ސަރުކާރުން ނުބާއްވާނެ ކަމަށެވެ.

މި މަހު އެއްވަނަ ދުވަހުން ފެށިގެން ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރިއިރު އޮނިގަނޑުގެ ތަފްސީލް ވެސް ވަނީ އާންމުކޮށްފައެވެ.

އެ ކަން އިއުލާނުކުރައްވައި، ގައުމާ މުހަތަބު ކުރައްވަމުން ރައީސް ވިދާޅުވީ މީގެ ކުރިން ސީނިއާ ރެޖިސްޓާޑް ނަރުހަކަށް އިތުރު ގަޑީގެ އެލަވަންސާ އެކު މަހަކު ލިބެނީ، އެވްރެޖްކޮށް 20،459 ރުފިޔާ ކަމަށެވެ.

އެކަމު، މިހާރު މި ގެނެވޭ ބަދަލާ އެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް 29،271 ރުފިޔާ ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ބައެއް ނަރުހުން ބުނާ ގޮތުގަ އޯޓީ ކަނޑާލުމުން އެމީހުންގެ މުސާރައަށް ވަކި މާބޮޑު ތަފާތެއް އައިސްފައެއްނުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ