
ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫއެއް ނައިބް ރައީސް އިފުތިތާހުކޮށްދެއްވައިފި
ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫއެއް ނައިބް ރައީސް އިފުތިތާހުކޮށްދެއްވައިފި
ލިޔުން:
ރާއްޖޭގެ ސިއްހީ ދާއިރާ ޑިޖިޓަލައިޒްކޮށް އައިޓީ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން "ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމަށް އައިޓީ އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުން" މަޝްރޫއު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، އިފުތިތާހުކޮށްދެއްވައިފިއެވެ.
އެމަނިކުފާނު އެ މަޝްރޫއު އިފުތިތާހުކޮށްދެއްވާފައިވަނީ މިއަދު ހެނދުނު ހ. މީރުމާގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައެވެ.
އެ މަޝްރޫއު އިފުތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ވިދާޅުވީ މިއަދު އިފުތިތާހުކުރެވިގެންދިޔަ މަޝްރޫއުގެ ސަބަބުން ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ އެ މަޝްރޫއުގެ ސަބަބުން މުޅި ސިއްހީ ދާއިރާއަށް ގިނަ ގުނަ ފައިދާތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އިސްނެންގެވުމުގެ ދަށުން ސިއްހީ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. އެގޮތުން ރައީސްގެ އެންމެ މުހިންމު ސިޔާސަތަކީ މީހުން ބިނާކުރުމުގެ ސިޔާސަތުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ސިޔާސަތުގެ ދަށުން ގިނަކަންކަން މީހުން ބިނާކުރުމަށް މި ސަރުކާރުން ކޮށްފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން، މި ރަސްމިއްޔާތުގައި ނައިބު ވަނީ މި ސަރުކާރުން ރައްޔިތުންގެ ފަސޭހައަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންފާކަން ފާހަގަކުރައްވާފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރައްޔިތުން އެންމެ ބޭނުންވާ ކަންކަމަށް ބެލުމަށްފަހު ގިނަ މަޝްރޫއުތަކެއް މި ސަރުކާރުން ހިންގާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސަރުކާރުން ގެންގުޅޭ އެއްވެސް މީހެއް ބާކީ ނުކުރުމުގެ ސިޔާސަތުގެ މައްޗަށްވެސް އެ ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ އަލިއަޅުއްވާލއި ވާހަކަފުޅުދައްކަވާފައެވެ.
މިއަދު އެ އިފުތިތާހުކުރެއްވި މަޝްރޫއުގެ ތެރެއިން ރާއްޖޭގެ 5 ރީޖަނަލް ހޮސްޕިޓަލަށާއި، 15 އަތޮޅު ހޮސްޕިޓަލަށާއި ގިނަ ސިއްހީ މަރުކަޒުތަކަށް އައިޓީ އިކުއިޕްމަންޓް އެެމަނިކްފާނު ހަވާލުކޮށްދެއްވިއެވެ. ސއްހީ ދާއިރާގެ އައިޓީ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމަށް ކުރިއަށްގެންދާ އެ މަސައްކަތަކީ ރާއްޖޭގައި ހިންގޭ އައިސީޓީ ހާޑްވެއަރގެ އެންމެ ބޮޑު އެއް ޕްރޮޖެކްޓެވެ. މިއަދު ހަވާލުކުރެވުނު ތަކެތީގެ ތެރޭގައި ހިމެނެނީ 608 ކޮމްޕިއުޓަރ ސިސްޓަމާއި، 44 ލެޕްޓޮޕާއި، 500 ޓެބްލެޓާއި، 14 ވީޑިއޯ ކޮންފަރެންސް ސިސްޓަމް އަދި 551 ޕްރިންޓަރ އެވެ.
މިއަދު އެ ހަވާލުކުރެވުނު އިކުއިޕްމަންޓްގެ ސަބަބުން ހޮސްޕިޓަލް އަދި ސިއްހީ މަރުކަޒުތަކަށް އައިޓީ ސާމާނު ލިބުން ދަތިވާ މައްސަލައަށް ހައްލެއް ލިބިގެންދާނެއެވެ. އަދި މި ސަރުކާރުން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ޑިޖިޓަލައިޒްކޮށް އެއް ސިސްޓަމްއަކުން ގުޅާލުމަށް ކުރެވޭ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ފ އަތޮޅުގައި މިހާރު ފަށާފައިވާ ޕްރައިމަރީ ހެލްތްކެއަރ ޕްރޮޖެކްޓް މުޅި ރާއްޖެއަށް ފުޅާކުރެވިގެންދާނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
