މާލެ: 31°C

"ސިފްކޯ ހިޔާ" ފްލެޓްތަކުގެ ކުލި ކުޑަކުރާނެ ކަމަށް ސަރުކާރުން ބުނެފި

"ސިފްކޯ ހިޔާ" ފްލެޓްތަކުގެ ކުލި ކުޑަކުރާނެ ކަމަށް ސަރުކާރުން ބުނެފި
May 25, 2023
2 ފަހަރު ބަލާފައި
"ސިފްކޯ ހިޔާ" ފްލެޓްތަކުގެ ކުލި ކުޑަކުރާނެ ކަމަށް ސަރުކާރުން ބުނެފި
ސިފައިންގެ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓް “ސިފްކޯ ހިޔާ” ފުލެޓްތަކުގެ ކުއްޔައް ލުޔެއް ދެއްވަން ރައީސުލްޖުމްހޫރިއްޔާ ވިސްނަވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.  މިނިސްޓަރު މާރިޔާ އެހެން ވިދާޅުވީ ސިފައިންގެ އެޖޫޓަންޓް ޖެނެރަލް ކޯޕްސް، އޭޖީ ކޯރގެ 3 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ހަފްލާގައި މާރިޔާ އިޔުރަށް ވިދާޅުވީ ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން އިނީޝިއޭޓިވްގެ ތެރެއިން ސިފައިންގެ މުސާރައަށް ވެސް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި އެބަދަލު އައިސް އެކަމުގެ ފައިދާ ސިފައިންނަށް ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށެވެ. މާރިޔާ ސިފައިންނާއި ގުޅުންހުރި އެންމެ މުހިއްމު އަދި އެންމެ އިސްކަމެއްގެ ގޮތުގައި މިސަރުކާރުން ދެކުނީ ސިފައިންގެ ވެލްފެއާގެ ކަންކަން ރަނގަޅުކޮށްދީ ސިފައިންނަށް ބޭނުންވާ ހިދުމަތްތަކަށް ހެޔޮ، ރަނގަޅު ބަދަލުތަކެއް އަވަހަށް ގެނެސްދިނުން ކަމަށެވެ. އެގޮތުން ހައުސިން އެލަވެންސް ދޭ އުސޫލާއި، ސިފައިންނަށް ބޮޑެތި ސިއްހީ މައްސަލަތައް ކުރިމަތިވުމުން ޗުއްޓީދޭ އުސޫލަށް ހެޔޮ ބަދަލުތަކެއް ގެނެސް ދެވިފައިވާ ކަމަށާއި، މިފަދަ ކަންކަމުގައި ކުރިން ސިފައިން އުފުލަންޖެހުނު ކިތަންމެ ތަކުލީފެއް ހައްލުކޮށްދެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. [embed]https://twitter.com/MoDmv/status/1661449433459081217[/embed] ސިފައިންނަށް ސަރިކާރުން ކޮށްދެއްވަން ހުރި ކަންކަމުގެ ވާހަކަ މިނިސްޓަރު ވިދާޅުވި އިރު، މިހާރު ގާއިމްކުރެވިފައިވާ ސިފައިންގެ އަދުލުގެ ނިޒާމުގެ ތެރެއިން އެކި މައްސަަލަތަކުގައި މިހާތަނަށް 57 ސިފައިންގެ މީހަކަށް ރެކޯޑަށް ނާރާ ގޮތަށް ނަސޭހަތްދީ މައްސަލަ ފައިލްކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. ރޭގަ ބޭއްވި އެ ހަފްލާ އަކީ އޭޖީ ކޯގެ ތިންވަނަ އަހަރީ ޖަލްސާ އެވެ. އެޖޫޓަންޓް ޖެނެރަލް ކޯރއަކީ ސިފައިންގެ ތެރެއަށް އެންމެ ފަހުން ތައާރަފް ކުރި ހިދުމަތެވެ. މި ކޯގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި އަސްކަރީ އަދަބު އަހުލާގު ހިފެހެއްޓުމާއި ދެމެހެއްޓުމާއި، އިދާރީ ހިންގުމުގެ ނިޒާމު ހަރުދަނާކަމާއެކު ދެމެހެއްޓުން، އަސްކަރީ އަދުލުގެ ނިޒާމު ރާވާ ހިންގާ ތަންފީޒުކުރުމާއި، 1892 ގައި ދިވެހިރާއްޖޭގައި ސިފައިން އުފެއްދި ދުވަހުން ފެށިގެން ސިފައިންގެ އެންމެ އަސާސީ އެއް މަސައްކަތް ކަމުގައިވާ ހެވިކަމާއި އަސްކަރީ ސަގާފަތާ ގުޅޭ އެންމެހާ ކަންކަން ކުރިއަށް ގެންދިއުން ފަދަ ކަންކަން ހިމެނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ