- ދިވެހި ރައްޔިތެއްކަމުގައިވުން
- ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުން. ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން
- ޢުމުރު 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުން
- ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން
- ވޭތުވެދިޔަ 5 އަހަރު ދުވަހުގެތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުން
- އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި، އަންހެން: 5 ފޫޓް 3 އިންޗި)
- އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުން
ޑިފެންސް މިނިސްޓްރީން ބުނީ ސިފައިންގެ ވަޒީފާއަށްއެދޭ ފޯމު އެ މިނިސްޓްރީގެ ވެބްސައިޓް www.defence.gov.mv އަދި އެމް.އެން.ޑީ.އެފް ވެބްސައިޓް www.mndf.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި ފޯމާއެކު ޕޮލިސް ރިޕޯޓް ހުށަހަޅަންޖެހޭނެ ކަމަށެވެ.
އީ-މެއިލް މެދުވެރިކޮށް ފޯމް ހުށައަޅާނަމަ، ހުށައަޅާނީ careers@defence.gov.mv އަށް ކަމަށާއި އޮންލައިންކޮށްނަމަ “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށައެޅިދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެ ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ އީ-މެއިލް މެދުވެރިކޮށް ފޯމް ހުށައެޅި ފަރާތްތަކުން ފޯމް މިނިސްޓްރީއަށް ލިބުނުތޯ ބެލުމަށް 7522601 މެސެޖްކޮށްލެވިދާނެ ކަމަށެވެ. އަދި މެސެޖް ފޮނުއްވާ ފަރާތްތަކަށް ފޯނުން ޖަވާބު ދެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.







