ސިފައިން ނިކުމެ މާލޭގެ މަގުތަކުގައި ފެން ހިންދަނީ

ސިފައިން ނިކުމެ މާލޭގެ މަގުތަކުގައި ފެން ހިންދަނީ
ލިޔުން:
މިއަދު ފަތިހުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުން، ސިފައިން ނިކުމެ ފެން ހިންދަން ފަށައިފި އެވެ.
އެމްއެންޑީއެފްއިން ބުނީ ފަޔާ އެންޑް ރެސްކިޔު ސާވިސް އިން މިހާރު ފެން ހިއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތް ފެށީ ހެދުނު 06:08 ގައި ކަމަށެވެ.
އެގޮތުން މާލޭގައި އެންމެ ބޮޑަށް ފެން ހެދޭ ސަރަހައްދުތައް ކަމަށްވާ ގިޔާސުއްދީން ސުކޫލު، އައިޖީއެމްއެޗް އަދި ދިރާގު ހެޑް އޮފީސް ސަރަހައްދުގައި ޕަމްޕު ބަހައްޓައިގެން ސިފައިން އަންނަނީ ފެން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.
[embed]https://twitter.com/MNDF_Official/status/1653957919136968704[/embed]
ރޭ ދަންވަރުން ފެށިގެން މާލެއަށް އަދިވެސް ދަނީ ވާރޭ ވެހެމުންނެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ - މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާ ބޯކޮށް ވާރޭވެހޭނެކަމަށެވެ. އަދި ވައި ގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
