މާލެ: 31°C

ޝުއައިބް މަރާލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ޝުއައިބް މަރާލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި
June 1, 2023
2 ފަހަރު ބަލާފައި
ޝުއައިބް މަރާލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި
ރޭ އައްޑޫ ސިޓީގެ މަރަދޫގައި ތޫނު އެއްޗަކުން ހަމަލާދީ، އަހުމަދު ޝުޢެއިބް މަރާލި ކަމުގެ ތުހުމަތު ކުރެވޭ އޭނާގެ ކޮއްކޮ ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 25 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.  އެނގިފައިވާ ގޮތުގައި ދެބެއިންގެ މެދުގައި މާރާމާރީ ހިންގީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ. މިމައްސަލާގައި އޭނާގެ ކޮށްކޮ ކަތުރަކުން ޝުއެއިބްއަށް ހަމާލާދީފައިވާއިރު އޭނާ މަރުވެފައިވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. ރުޅިއައިސްގެން ކޮއްކޮ ބޭބެގެ ކަރަށް ކަތުރެއް ހަރާލީއެވެ. ކަތުރު ހެރުމަށް ފަހު ކޮއްކޮ ފިލާފައިވާ ކަމަށެ ވެއެވެ. ޝުއައިބު އޮތީ އެގެއާ ކައިރި މަކުމައްޗައް ވެއްޓިފައި ކަމަށާއި އަވައްޓެރިން އޭނާ ހޮސްޕިޓަލަށް ގެންދިޔަކަމަށް ވެސް އެރަށު މީހަކު ބުންޏެވެ.

ދެ ޒުވާނުންނަކީ ވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުން ކަމުގައި ވާހަކަދެކެވެއެވެ. ނަމަ ވެސް ވަޅިހަރާލި ކޮއްކޮގެ ކުށުގެ ރިކޯޑެއް އޮންނަކަމެއް ސާފެއް ނުވެއެވެ.

ޝުއައިބުގެ ޖަނާޒާ މިއަދު އަސުރު ނަމާދަށް ފަހު އެރަށުގައި ބާއްވަން އާއިލާ އިން ވަނީ ނިންމާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ