
ޝުއައިބްގެ މަރުގެ މައްސަލައިގެ ތަހުގީގު ނިމިއްޖެ
ޝުއައިބްގެ މަރުގެ މައްސަލައިގެ ތަހުގީގު ނިމިއްޖެ
ލިޔުން:
މި މަހުގެ ކުރީކޮޅު އައްޑޫސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި އަހުމަދު ޝުއައިބްގެ މަރުގެ މައްސަލައިގެ ތަހުގީގު މިހާރު އެއްކޮށްހެން ނިމިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ދައުވާކުރަން މި ހަފުތާގައި ފޮނުވާނެ ކަމަށެވެ.
މިމަހުގެ އެއްވަނަ ދުވަހުގެ ރޭ ސ. މަރަދޫފޭދޫގައި ދެބެއިންގެ މެދުގައި ހިނގި މަރާމާރީއެއްގައި ޝުއައިބް، 27، މަރާލީ އޭނަގެ ކޮއްކޮ ހުސައިން މަވާޒް، 25، އެވެ. ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވީ މި މަހުގެ 1 ގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ މަސްތުވާތަކެތި ގަންނަން މަވާޒްގެ ފޯނު ޝުއައިބް ވިއްކައިލުމުން ރުޅިއައިސްގެން ކޮއްކޮ ބޭބެގެ ކަރަށް ކަތުރެއް ހަރާލީއެވެ. އެ ހާދިސާ އަށް ފަހު މަވާޒް އުޅުނީ ފިލައިގެންނެވެ، ނަމަވެސް ހަމަ އެ ދުވަހު އޭނަ ފުލުހުންނާ އަމިއްލަ އަށް ހަވާލުވުމުން، ޝަރީއަތް ނިމެންދެން ހުރީ ބަންދުކޮށްފަ އެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ބޭބެ މަރާލި ގޮތް މަވާޒް ތަހުގީގަށް ކިޔައިދީފައިވާ ކަމަށާއި ތަހުގީގަށް ލިބުނު ކުރިއެރުންތަކާ އެކީ ތަހުގީގު އެއްކޮށްހެން ނިމިފައިވާ ކަމަށެވެ. އަދި މަވާޒްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓަ ޖެނެރެލް (ޕީޖީ) އަށް މި ހަފުތާގައި ފޮނުވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
