ޝިރުވީންއާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި

ޝިރުވީންއާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި
ލިޔުން:
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސިބީ) ގެ މެމްބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް އައްޔަން ކުރައްވާފައިވާ ފާތިމަތު ޝިރުވީން، މ.ލޭންޑްއޮފްގާޑަން އާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ފުރުސަތު ހުޅުވާލައިފިއެވެ.
މަޖިލީހުން މިއަދު ކުރި އިއުލާނެއްގައި ވަނީ ޝިރުވީންއާއި ގުޅޭގޮތުން އާއްމުންގެ ޝަކުވާއެއް އޮތްނަމަ މި މަހުގެ 16 ވަނަ ދުވަހުގެ ކުރިން ޝަކުވާހުށަހެޅުމަށް ހުޅުވާލާފައެވެ.
[embed]https://twitter.com/mvpeoplesmajlis/status/1656140853868662786[/embed]
ދައުލަތުގެ ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒް ކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތީން އެ ބޯޑަށް ޝިރުވީން އައްޔަން ކޮށްދިނުމަށް މަޖިލީހުގެ ރުހުން ހޯދަން ރައީސް ސިޓީފުޅެއް ފޮނުއްވިއެވެ. އެންމެ ފަހުން ބެއްވި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާގައި ޝިރުވީންއަށް ރުހުން ހޯދުމަށް މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
ޕިސީބީއަށް އައްޔަން ކުރެއްވުމާ ހަމައަށް ޝިރުވީން މަސައްކަތް ކުރައްވާފައިވަނީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް ކައުންސިލްގެ ގޮތުގައެވެ. ޝިރުވީން އަކީ ފެމެލީ ލީގަލް ކްލިނިކް (އެންޖީއޯ)ގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރެކެވެ. އޭނާ ވަނީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ކެމްބްރިޖުން މާސްޓާސް އޮފް ލޯ ހާސިލްކުރައްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
