
ޝިހާބް، ރައީސްގެ އެޑްވައިޒަރ ކަމުން އިސްތިއުފާ ދެއްވައިފި
ޝިހާބް، ރައީސްގެ އެޑްވައިޒަރ ކަމުން އިސްތިއުފާ ދެއްވައިފި
ލިޔުން:
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޑްވައިޒަރު ކަމުގެ މަގާމުގައި ހުންނެވި ކުރީގެ ހޯމް މިނިސްޓަރު މުހައްމަދު ޝިހާބު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ރައީސް ސޯލިހްގެ އެޑްވައިޒަރުގެ މަގާމުން ޝިހާބް އިސްތިއުފާ ދެއްވިކަން ކަށަވަރުކޮށް ދެއްވައިފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅެއް ނުވެއެވެ.
ޝިހާބް އެ މަގާމަށް އައްޔަންކޮށްފައި ވަނީ އޮކްޓޯބަރު 15، 2019 ގައެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވިއިރު، މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ރައީސް ކަމުން ދާދިފަހުން އިސްތިއުފާ ދެއްވި ރައީސް މުހައްމަދު ނަޝީދާއި އެކުގައެވެ.
ރައީސް ސޯލިހްގެ އެޑްވައިޒަރަކަށް ޝިހާބް ހުންނެވި ނަމަވެސް މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީ ޕްރައިމަރީގައި ޝިހާބް ވަކިކޮޅެއް ނަންގަވާފައެއް ނުވެއެވެ. ރައީސް ސޯލިހާއި ނަޝީދުގެ ވާދަވެރިކަން ފެނިގެން ދިޔަ ޕްރައިމަރީގައި ޝިހާބް އެއްވެސް ޖަލްސާއަކުން ވެސް ފެނިފައެއް ނުވެއެވެ. އަދި ކެމްޕެއިން ދަތުރުތަކުގައި ވެސް ޝިހާބް ބައިވެރިވެވަޑައިގެންނެވި ތަނެއް ނުފެެނެއެވެ.
ހަމައެއާއެކު، ޝިހާބަކީ ގާސިމްގެ ވަރަށް އަރިސް ބޭފުޅެކެވެ. ކުރިން ޖޭޕީގައި ވެސް އިސް ދައުރެއް އަދާ ކުރެއްވި ޝިހާބަކީ ގާސިމަށް ވަރަށް ބޮޑަށް ވަފާތެރި އެއް ބޭފުޅެވެ.
ޝިހާބު ވަނީ ނަޝީދުގެ ސަރުކާރުގައި ހޯމް މިނިސްޓަރު ކަމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި އެ މަޖިލީހުގެ ރައީސްކަމުގެ އިތުރުން މާލޭގެ މޭޔަރުކަން ވެސް ކުރައްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
