މާލެ: 31°C

ޝިފާޒް ވަކިކުރުމުން ނަޝީދު ފެކްޝަނުގެ "ރުޅިގަނޑު" ރަައީސަށް

ޝިފާޒް ވަކިކުރުމުން ނަޝީދު ފެކްޝަނުގެ "ރުޅިގަނޑު" ރަައީސަށް
March 29, 2023
2 ފަހަރު ބަލާފައި
ޝިފާޒް ވަކިކުރުމުން ނަޝީދު ފެކްޝަނުގެ "ރުޅިގަނޑު" ރަައީސަށް
ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ ޒިންމާތައް އަދާނުކުރައްވާތާ ގިނަ ދުވަސްތަކެއް ވީ ފަހުން، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އެ މަގާމުން ވަކިކުރުމުން ރައްްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ " ފިކުރެއްގެ ދިރުން" ފެކްޝަނުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފާޑުކިޔަން ފަށައިފި އެވެ. ރައީސް އޮފީހުގެ މިނިސްޓަރުކަމުން ޝިފާޒް ވަކިކުރައްވައި އެ މަގާމު މިއަދު ވަނީ އިބްރާހީމް ވަހީދު (މަދަނަ އިބުރޭ) އަށް ދެއްވައިފަ އެވެ. ސަރުކާރުގެ އޮފިޝަލަކު "މިނިވަން" އަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި ޝިފާޒް މަގާމުން ވަކިކުރީ އޭނާ ރައީސް އޮފީހަށް ވަޑައިނުގަންނަވާތާ އެތައް މަހެއް ވީފަހުންނެވެ. އޭނާ މަގާމުން ވަކިކުރުމުން އެކަމާ ނުރުހުން ފާޅުކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ ނެގެހެއްޓުމަށް ޓަކައި ޝިފާޒް ކުރެއްވި "ގަދަފަދަ މަސައްކަތް" އަގުނުކުރެވޭނެ ކަމަށެވެ. ރައީސް ސޯލިހު އެ މަގާމުގައި ހުންނެވީ ޝިފާޒް ފަދަ އެތައް ބައެއްގެ ހިންމަތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. " ރ.ސާލިހަށް މަޤާމުގައި ހުންނެވެނީ އެފަދަ އެތައް ބައެއްގެ ހިންމަތުންކަން ހަނދާން ނައްތައި، މަޤާމުން ވަކިކުކުރުމަކީ ވަރަށް ދެރަވަރު ކަމެއް،" ޓްވީޓްގައި އީވާ ވިދާޅުވި އެވެ. [embed]https://twitter.com/evattey/status/1641005174281097216?s=20[/embed] ނަޝީދަށް ތާއީދުކުރައްވާ މަޖިލިސް މެމްބަރުންގެ ތެރެއިން އެންމެ ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވާ އެއް މެމްބަރު ކަމަށްވާ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވެސް ވިދާޅުވީ ޝިފާޒަކީ އެމްޑީޕީ ފަނޑުވިޔަނުދީ ހިފަހައްޓަން އެންމެ އިސްކޮށް މަސައްކަތް ކުރި އެކަކު ކަމަށެވެ. ރައީސް ސޯލިހު ރައީސްކަމަށް އާދެވުމުގައި އެމަނިކުފާނަށް ވުރެ ވެސް ބުރަކޮށް ޝިފާޒް މަސައްކަތް ކުރެއްވި ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ. [embed]https://twitter.com/MohamedNasheed/status/1641013342214184961?s=20[/embed] ޝިފާޒް ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި އެދިވަޑައިގެންނެވީ ޝިފާޒް އެކަމާ ކަންބޮޑުވެވަޑައި ނުގަތުމަށެވެ. މިސަރުކާރު ގެންނަން ޝިފާޒަށް ވުރެ ބޮޑަށް ގުރުބާންވި މީހަކު ނުހުންނާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ޝިފާޒް ވަކިކުރުމުން ނަޝީދު ފެކްޝަނަނުން ނުރުހުން ފާޅުކުރަމުން ދާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ ބޭފުޅުން ގެންދަވަނީ އެ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ