ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް ޝިފާޒު ހަމަޖެއްސެވީ ނޮވެމްބަރު 22، 2018 ގަ އެވެ.
ރައީސް އޮފީހުގެ މިނިސްޓަރުކަމުން ޝިފާޒް ވަކިކޮށްފައި މިވަނީ، އެނގިފައިވާ ގޮތުގައި އޭނާ އޮފީހަށް ވަޑައިނުގެން އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދުވަސްވަރު، އެ އެ އިންތިހާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުންގެ މެދުގައި ޕާޓީގެ މެމްބަރުން ބެހިގެން ދިޔަ އިރު، ޝިފާޒް އެރުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފަޅި އަށެވެ. އެހެން ނަަމަވެސް އޭނާ ރައީސް އޮފީހަށް ގަވައިދުން ވަޑައިނުގަންވަން ފެށީ އޭގެ ވެސް މާކުރިން ކަން ސަރުކާރުގެ އޮފިޝަލަކު މި ނޫހަށް ކަށަވަރުކޮށްދެއްވި އެވެ. އޮފީހަށް ވަޑައި ނުގެންނެވުމުގެ އިތުރުން، ސަރުކާރުން ބާއްވާ އެކިއެކި ރަސްމިއްޔާތުތަކަށް ވެސް ޝިފާޒް ވަޑައިނުގަންނަވާތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
ޝިފާޒް ވަކިކުރުމަށް ފަހު ރައީސް އޮފީހުގެ މިނިސްޓަރުކަން އިބުރޭއަށް
ޝިފާޒް ވަކިކުރުމަށް ފަހު ރައީސް އޮފީހުގެ މިނިސްޓަރުކަން އިބުރޭއަށް
ލިޔުން:
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ކަމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވަކިކުރުމަށް ފަހު އެ މަގާމަށް އިބްރާހީމް ވަހީދު(މަދަނަ އިބުރޭ)، އައްޔަންކޮށްފި އެވެ.
އިބްރާހީމް ވަހީދު މިނިސްޓަރުކަމަށް އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
އިބްރާހިމް ވަހީދަކީ، 2009 އިން 2012 އަށް ސަރުކާރުގެ އިސްމަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އެގޮތުން، މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތް އެންޑް ފެމިލީގެ މަގާމާއި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗެއާމަންކަމުގެ މަގާމުގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރގެ މަގާމާއި، އެކުންފުނީގެ ބޯޑު މެމްބަރުކަމުގެ މަގާމުވެސް އޭނާ ފުރުއްވާފައިވެއެވެ. މީގެ އިތުރުން 2007 އިން 2018އަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ކޮމްޕެނީ ސެކްރެޓަރީގެ މަގާމުވެސް އިބްރާހީމް ވަހީދު ވަނީ ފުރުއްވާފައިވެއެވެ.
މިމަގާމަށް އިބްރަހީމް ވަހީދު މިއަދު އައްޔަނު ކުރެއްވީ، ކުރިން އެމަގާމުގައި ހުންނެވި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު، މިއަދު މިނިސްޓަރު ކަމުން ވަކިކުރައްވާފައިވާތީއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
