މާލެ: 31°C

ޝީ ބިލްޑިންގ ކުރިމަތީހުންނަ ހައުސް ޕްލާޒާ ގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

February 9, 2025
326 ފަހަރު ބަލާފައި
ޝީ ބިލްޑިންގ ކުރިމަތީހުންނަ ހައުސް ޕްލާޒާ ގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މާފަންނު ޝީ ބިލްޑިންގ ކުރިމަތީ ހުންނަ ހައުސް ޕްލާޒާ ގައި އަލިފާނުގެ ހާދިސާއެއް ހިގައިފިއެވެ.

މާފަންނު ޝީ ބިލްޑިންގ ކުރިމަތީ ހުންނަ ހައުސް ޕްލާޒާ ގައި އަލިފާނުގެ ހާދިސާއެއް ހިގައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ މާފަންނުގައި ހުންނަ ހައުސް ޕްލާޒާ ގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު އެމްއެންޑީފްގެ ފަޔަރ އަށް މިއަދު ހެނދުނު 06:30 ހާ ކަންހާއިރު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ. މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ 07:47 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

އަދި އެމްއެންޑީއެފް އިން އިތުރަށް ބުނެފައިވަނީ ގިނަދުވަސް ތަކެެއްވަންދެން ފަޅުގެއެއްގެ ގޮތުގައި ހުންނަ ހައުސް ޕްލާޒާ ގައި އަލިފާން ރޯވެފައިވަނީ އެތަނުގައި ހުރި ކުނިތަކެއްގައި ކަމަށެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ