
ޝަރީފުގެ އަތުން 10 މިލިއަން ރުފިޔާ ހޯދަން ނަޝީދު ކޯޓަށް
ޝަރީފުގެ އަތުން 10 މިލިއަން ރުފިޔާ ހޯދަން ނަޝީދު ކޯޓަށް
ލިޔުން:
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ޝަރީފު ކުރެއްވި ޓުވީޓަކާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޭނާއާ ދެކޮޅަށް އަބުރުގެ ދައުވާކޮށް، އަބުރާ ބެހުމުގެ ސަބަބުން ލިބިވަޑައިގެންނެވި ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 މިލިއަން ރުފިޔާ ނަގައިދޭން އެދިވަޑައިގެން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.
ނަޝީދު ތަމްޞީލުކުރާ ލޯފޯމް "ލިޓިޖެންޓްސް" އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 25 ނޮވެމްބަރ ގައި ޝަރީފް ކުރެއްވި ޓްވީޓެއްގައި، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަން ވައްޓާލުމަށް ފަންސާސް މީހަކު މަރައިލަން ނަޝީދު ރޭއްވެވި ކަމަށް ތުހުމަތުކުރައްވައިފައިވާ ކަމަށެވެ. އެ މީހުންގެ މަރުތައް ރައީސް މައުމޫނުގެ އިސްތަށިފުޅުގައި އަޅުވަން ނަޝީދު ރޭއްވެވިކަމަށާއި އެ އަނިޔާވެރި އަމަލު ހުއްޓުވަން އެމްޑީޕީގެ އެއިރުގެ ޕާލިމަންޓަރީ ގުރޫޕުން ގަރާރެއް ފާސްކުރިކަމަށް ވެސް އެ ޓްވީޓްގައި ޝަރީފު ތުހުމަތުކުރެއްވި އެވެ.
ނަޝީދުގެ ފަރާތްޕުޅުން ދައުވާ ކުރީ ޝަރީފުގެ އެވާހަކަ ތަކުގެ ސަބަބުން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ މައުނަވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 މިލިޔަން ރުފިޔާ ނަގައިދޭން އެދި އެވެ.
މަރަދޫ ދާއިރާގެ މެމްބަރު ޝަރީފަކީ ރައްޔިތުންގެ މަޖިލީހުގައި ކުރާ ބަހުސްތަކުގައި ވެސް ނަޝީދަށް އާއްމުކޮށް ބަހުގެ ހަމަލާ ދެއްވާ ބޭފުޅެކެވެ. މަޖިލީހުގެ މެމްބަރުންގެ މެދުގައި އުފެދިފައިވާ ނުރަސްމީ ދެ ފެކްޝަނުގެ ތެރެއިން ޝަރީފަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރާ ފެކްޝަނުގެ ބޭފުޅެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
