މާލެ: 31°C

ޝަންގްރިއްލާގެ ސަރުކާރު ހިއްސާ ދޫކޮށްލައިފި

ޝަންގްރިއްލާގެ ސަރުކާރު ހިއްސާ ދޫކޮށްލައިފި
June 4, 2023
2 ފަހަރު ބަލާފައި
ޝަންގްރިއްލާގެ ސަރުކާރު ހިއްސާ ދޫކޮށްލައިފި

ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ ހިންގާ ކުންފުނި އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގައި ސަރުކާރުން އޮތް ހިއްސާ ދޫކޮށްލުމަށް ބޭނުންވާ ލިޔެކިޔުންތައް އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އައްޑޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ރަސްމީކޮށް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ޝަންގްރިއްލާ ހިންގުމަށް ހުރި ހުރަސްތައް ނައްތާލާނެ ކަމަށެވެ.

"ނިމިދިޔަ މާރިޗު މަހުގެ 18 ވަނަ ދުވަހު ހިއްސާ ބަދަލުކުރުމުގެ ލިޔުންތައް ސަރުކާރުން އެފަރާތާ ހިއްސާކޮށްފިން. އެކަން ނިމުމާއެކު ބޭނުންވާ ބަދަލުގެނެވި ޝަންގްރިއްލާ ހުޅުވި ހިނގަން ފަށާނެ،" ރައީސް ސޯލިހް ވިދާޅުވި އެވެ. އައްޑޫ އިންވެސްޓްމަންޓްގައި ސަރުކާރުގެ 30 ޕަސަންޓް ހިއްސާ އޮތުމުން، އަލުން އެ ރިސޯޓު ފެށެން އޮތީ އެ ހިއްސާ ދޫކޮށްލުމުންނެވެ.

ލަސްވެގެން މިއަހަރުގެ ސެޕްޓެމްބަރުގައި ޝަންގްރިއްލާ ހުޅުވިގެންދާނެ ކަމަށް ކުރިން ސަރުކާރުން ބުނެފައިވެއެ އެވެ.

އައްޑޫގައި 2008 ގައި ހުޅުވި 132 ވިލާގެ އެ ރިސޯޓަކީ ރާއްޖޭގެ އެންމެ މަތީފަންތީގެ ރިސޯޓްތަކުގެ ތެރެއިން އެއް ރިސޯޓެވެ.ގާތްގަނޑަކަށް 50 ހެކްޓަރުގެ ބޮޑު މި ރިސޯޓުގައި ހަ ރެސްޓޯރެންޓް ހުންނައިރު، ސްޕާ އާއި ދެ ޓެނިސް ކޯޓު ގޮލްފް ކޯހެއް ވެސް މި ރިސޯޓުގައި ހުރެ އެވެ. 2020 ވަނަ އަހަރުގެ ތެރޭގައި ކޮވިޑާ ގުޅިގެން ޝަންގްރިއްލާ ރިސޯޓް ބަންދުކުރި ފަހުން އެ ރިސޯޓް ހުޅުވާފައި ނުވާތީ އެއީ އައްޑޫ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ