"ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން ނަން ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް ކުރިމަތި ނުލެވޭ ގޮތަށް ނިންމުމާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ރިއާޔަތް ކުރެއްވުމަށްފަހު، ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅުއްވި ހުރިހައި ބޭފުޅުންނަށް ވާދަކުރެއްވޭ ގޮތަށް ޕްރައިމަރީ ބާއްވަން ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފި," ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް ވިދާޅުވެފައިވެ އެވެ.ޕީޕީއެމް/ޕީއެންސީ ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. އެ ޕްރައިމަރީގައި ވާދަކުރުމަށް 354 ފޯމު ވަނީ ހުށަހަޅައިފައެވެ.

ޝަކުވާބޮޑުވެ، ކުރިމަތިލި އެންމެންނަށް ވާދަކުރެވޭގޮތް ޕީއެންސީއިން ހަދައިފި
ޝަކުވާބޮޑުވެ، ކުރިމަތިލި އެންމެންނަށް ވާދަކުރެވޭގޮތް ޕީއެންސީއިން ހަދައިފި
ލިޔުން:
މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅި ހުރިހާ އެންމެނަށް އެޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށް އެޕާޓިން ނިންމައިފިއެވެ.
ކުރިމަތިލި ބައެއް މީހުނަށް، ވާދަ ނުކުރެވޭނެކަމަށް އަންގައި އެޕާޓީން އިއްޔެ ސިޓީ ފޮނުވުމުން، ގިނަބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.
މިއަދު، އެޕާޓީގެ ޗެއާމަން އަބުދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފޯމު ހުށަހެޅި އެންމެންނަށް ކުރިމެތިލެވޭގޮތަށް ރައީސް ޑރ. މުއިއްޒު ނިންމެވިކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް

ހއ ދިއްދޫގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
