މާލެ: 31°C

ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނެއްކާ ވެސް ހުށަހަޅައިފި

ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނެއްކާ ވެސް ހުށަހަޅައިފި
May 18, 2023
2 ފަހަރު ބަލާފައި
ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނެއްކާ ވެސް ހުށަހަޅައިފި

ޗާގޯސް މައްސަލައިގައި ފޮރިން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނެއްކާވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމަށް ކުރިން ހުށަހެޅި މައްސަލަ އަނބުރާ ނެގުމަށްފަހު އަލުން ހުށަހެޅީ މިއަދު އެވެ.

ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އިދިކޮޅު ޕީޕިއެމް އާއި ޕީއެންސީގެ އިތުރުން އެމްއެންޕީގެ ހުރިހާ މެންބަރުން ވަނީ ސޮއިކުރައްވާފަ އެވެ. އޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން ވެސް ސޮއިކުރެއްވިއެވެ. އަދި ނަޝީދު ފެކްޝަނުގެ މެންބަރުމާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވެސް ސޮއިކެއްވި އެވެ. ކުރިން ހުށަހެޅި މައްސަލަ އަނބުރާ ގެންދިޔައީ މައްސަލައިގެ ލިޔުމަށް ބަދަލެއް ގެންނަންޖެހޭތީ އާއި އިތުރުމެމްބަރުން ސޮއިކުރާތީކަމަށް މައްސަލަ ހުށަހެޅި މެމްބަރުން ބުނެފައިވެއެވެ.

ރާއްޖެ- މޮރިޝަސް އިމުގެ މައްސަލައާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ ބައެއް ދިވެހި ސަރުކާރުން މޮރިޝަސްއަށް ވިއްކާލާފައިވާ ކަމަށް ބުނެ އިދިކޮޅުން ވަނީ ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް މަޖިލީހަށް ހުށަހަޅާފަ އެވެ. އެމައްސަލައިގައި ޖަވާބުދާރީ ވުމަށް މިއަދު ރިއްފަތަށް ވަނީ 14 ދުވަހުގެ މުއްދަތެއް ދީފައެވެ. މީގެ އިތުރުން މި މައްސަލައިގައި ރައީސް ސޯލިހުގެ އިތުބާރު ނެތްކަމަށް ވެސް އިދިކޮޅުން ދަނީ މައްސަލަ ހުށަހަޅަން ތައްޔާރުވަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ