
އިސްލާމިކް މިނިސްޓަރުގެ މަގާމަަށް ޑރ. ޝަހީމަށް ރުހުން ނުދިން
އިސްލާމިކް މިނިސްޓަރުގެ މަގާމަަށް ޑރ. ޝަހީމަށް ރުހުން ނުދިން
ލިޔުން:
އިސްލާމިކް މިނިސްޓަރުގެ މަގާމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހުންނެވުމަށް މަޖިލީހުން ރުހުން ނުދިނެވެ.
ރައީސް ޑރ. މުއިއްޒު އައްޔަނުކުރެއްވި ކެބިނެޓަށް ރުހުންދިނުމަށް، ދައުރުން ބޭރުން މިއަދު މަޖިލީހުގައި ބޭއްވި ޖަލްސާގައ ވަކިވަކިން މިނިސްޓަރުންނަށް ރުހުން ދިނުމަށް ވަނީ ވޯޓު ނަގާފައެވެ.
އެގޮތުން އިސްލާމިކް މިނިސްޓަރަކަށް ޑރ. މުހައްމަދު ޝަހީމް ހުންނެވުމަށް ރުހުން ދޭން ނުފެންނަ ކަމަށް 31 މެންބަރުން ވޯޓު ދެއްވި އިރު، ފެންނަ ކަމަށް ވޯޓު ދެއްވީ 30 މެންބަރުން؛ 8 މެމްބަރަކު ވަކި ކޮޅަކަށް ވޯޓު ނުދެއްވާފައިވެއެވެ.
ޑރ. ޝަހީމަށް ރުހުންދޭން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރީ އިސްލާމިކް މިނިސްޓްރީގެ މިއަހަރުގެ އެކްޝަން ޕްލޭން ލޯންޗްކުރުމުގެ ރަސްމިއްޔާތު އިސްލާމިކް މިނިސްޓަރުގެ ހައިސިއްޔަތުން ޑރ. ޝަހީމް ޝަރަފުވެރިކޮށްދެއްވަމުން ގެންދަވަނިކޮށެވެ.
މި ސަރުކާރުގެ މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އެންމެ ހިންގުންތެރި އެއް ވަޒީރެއްގެ ގޮތުގައި ޑރ. ޝަހީމް ވަނީ ފާހަގަކުރެވިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
