މާލެ: 31°C

ޝަހީދު ސްޕްރީމް ކޯޓަށް އައްޔަންކުރަން މަޖިލީހުން ރުހުންދީފި

March 19, 2025
140 ފަހަރު ބަލާފައި
ޝަހީދު ސްޕްރީމް ކޯޓަށް އައްޔަންކުރަން މަޖިލީހުން ރުހުންދީފި
ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސެއިން ޝަހީދު އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފި އެވެ.

ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސެއިން ޝަހީދު އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދާ އެކު ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތާ އަދި ގާނޫނީ ވަކީލު ރުސްދުﷲ އިބްރާހީމެވެ. އެ ތިން ބޭފުޅުންނާ ވަކިވަކިން އިންޓަވިއު ކުރުމަށްފަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ލަފާ ދިނީ ޝަހީދު އެ މަގާމަށް އައްޔަނުކުރުމަށެވެ.

ޝަހީދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަނުކުރުމާ މެދު ގޮތެއް ނިންމަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި މައްސަލަ ދިރާސާކުރުމަށް މަޖިލިހުގެ އިއްޔެގެ ޖަލްސާގައި ވަނީ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފަ އެވެ.

އިއްޔެ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ނިންމީ ޖޭއެސްސީން ދިރާސާތައް ކޮށްފައިވާތީ އިތުރު ދިރާސާއެއް ކުރުމެއް ނެތި ޝަހީދަށް ރުހުން ދިނުމަށެވެ. ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ އައްޑޫ އަތޮޅު ފޭދޫއަށް ނިސްބަތްވެވަޑައިގަންނަވާ ޝަހީދަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފަ އެވެ.

މިއަދުގެ މަޖިލިހުގެ ޖަލްސާގައި ވަނީ ޖުޑިޝަރީ ކޮމިޓީން މައްސަލަ ނިންމި ގޮތުގެ ރިޕޯޓު އިއްވާފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ޝަހީދު އައްޔަންކުރަން ފެންނަ ކަމަށް މަޖިލިހުން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ އިއްތިފާގުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ