މާލެ: 31°C

ޝަހީދު އައްޔަންކުރަން ލަފާ އަރުވައިފި

March 17, 2025
120 ފަހަރު ބަލާފައި
ޝަހީދު އައްޔަންކުރަން ލަފާ އަރުވައިފި
ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސެން ޝަހީދު އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން ލަފާއަރުވައިފި އެވެ.

ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސެން ޝަހީދު އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން ލަފާއަރުވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވީ ޝަހީދާ، ގާނޫނީ ވަކީލު ރުސްދުﷲ އިބްރާހީމްގެ އިތުރުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަދި ސިވިލް ކޯޓުގެ ގާޒީކަން ވެސް ކުރައްވާފައިވާ މަރިޔަމް ނިހާޔަތެވެ.

އެ ތިން ބޭފުޅުންނާ ޖޭއެސްސީން މިރޭ އިންޓަވިއުކޮށްފައިވެ އެވެ.

އެނގިފައިވާ ގޮތުން އިންޓަވިއު އަށް ފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު އައްޔަންކުރަން ރައީސަށް ލަފާއަރުވަން ކޮމިޝަންގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ. އެހެންވެ ޖޭއެސްސީން ވަނީ ޝަހީދު އައްޔަންކުރަން ފެންނަ ކަމަށް ރައީސަށް ސިޓީ ފޮނުއްވާފަ އެވެ.

ޝަހީދުގެ ނަން ރައީސަށް ފޮނުވަން ނިންމީ އިންޓަވިއު ކުރި 3 މީހުންގެ ތެރެއިން އެންމެ ގާބިލު މީހަކީ އޭނާ ކަމަށްވާތީ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމެއް ހުސްވީ ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ސުއޫދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ، ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއްގެ އަޑުއެހުމެއް ފަށަން ތައްޔާރުވެފައި ވަނިކޮށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ