މާލެ: 31°C

ޝާޒް، ގުރައިދޫ ދާއިރާގެ މެމްބަރުކަމުގެ ހުވާކުރައްވައިފި

ޝާޒް، ގުރައިދޫ ދާއިރާގެ މެމްބަރުކަމުގެ ހުވާކުރައްވައިފި
April 24, 2023
2 ފަހަރު ބަލާފައި
ޝާޒް، ގުރައިދޫ ދާއިރާގެ މެމްބަރުކަމުގެ ހުވާކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އިބްރާހީމް ޝާޒް މިއަދު މެމްބަރުކަމުގެ ހުވާކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހާޒިރުގައި ހުވާލައިދެއްވީ ސުޕްރީމްކޯޓުގެ ފަނޑިޔާރު އައިޝަތު ސުޖޫން އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް ވަނީ ޝާޒް އަށާއި އެމްޑީޕީއަށް މަރުހަބާ ދަންނަވާފައެވެ.

"މިވަގުތު ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވީ 34 އިއްޒަތްތެރި މެމްބަރުން، އެ 34 އިއްޒަތްތެރި މެމްބަރުންގެ ތެރޭގައި ގުރައިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލަށް މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވާ. އިއްޒަތްތެރި މެމްބަރަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން. އަދި އިއްޒަތްތެރި މެމްބަރުގެ ޕާޓީއަށް ވެސް ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން،" ނަޝީދު ވިދާޅުވި އެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި ޝާޒް ވާދަކުރެއްވީ އެމްޑީޕީގެ ކެނޑިޑޭޓްގެ ގޮތުގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ