މާލެ: 31°C

ށ. އަތޮޅުގައި ޕާސްޕޯޓްގެ ޚިދުމަތް ފަށައިފިި

February 26, 2025
199 ފަހަރު ބަލާފައި
ށ. އަތޮޅުގައި ޕާސްޕޯޓްގެ ޚިދުމަތް ފަށައިފިި
ށ. އަތޮޅުގައި ޕާސްޕޯޓްގެ ޚިދުމަތް ފަށައިފި އެވެ.

ށ. އަތޮޅުގައި ޕާސްޕޯޓްގެ ޚިދުމަތް ފަށައިފި އެވެ.

މި ޚިދުމަތް ރަސްމީކޮށް އިފްތިތާހު ކުރެއްވީ ކޮންޓްރޯލަ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ހުރިހާ އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. މި ޚިދުމަތް ފެށުމާއެކު، އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓްތައް ށ. އަތޮޅުން ނެގޭނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.

މިހާތަނަށް ރާއްޖޭގެ ނުވަ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ވަނީ ފަށާފަ އެވެ. މީގެ އިތުރުން މާލެ، ހުޅުމާލެ ފުރަތަމަ އަދި ދެވަނަ ފިޔަވަހި އަދި ވިލިމާލޭގައިވެސް މި ޚިދުމަތް ލިބެމުންދެ އެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދިނުމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ