"މިއަހަރުގެ މެދުތެރޭގައި ޓީޗަރުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ވަނީ ނިންމާފައި. އޭގެތެއިން ސެން ޓީޗަރުންނަށް ޚާއްސަ އިސްކަމެއް ދޭނަން. އޭގެ ކުރިން، މިހާރުވެސް ސެން ޓީޗަރުން ލިބެންހުރިވަރު ބަލާ އިތުރުކޮށްދޭނަން." ރައީސް ވިދާޅުވީއެވެ.ރައީސް ވިދާޅުވީ ސެން ޓީޗަރުންގެ މުސާރައިގެ މައްސަލަވެސް ހާއްލުކޮށްދެއްވާނެކަމަށެވެ. ސެން ޓީޗަރުންގެ ރިސްކް އެލަވަންސް ކަނޑާލާފައިވަނީ ނިމުނު ސަރުކާރުގައި ޕޭ ފްރޭމްވަރކްއަށް ގެނައި ބަދަލުގައިކަމަށާއި، އެހެންކަމުން މި މައްސަލައަށްވެސް ހާއްލުގެނެސްދެއްވާ، ސެން ޓީޗަރުންގެ މުސާރައިގެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ސެން ޓީޗަރުންނަށް އިތުރު އެލަވެންސް ދޭން ރައީސް ނިންމަވައިފި
ސެން ޓީޗަރުންނަށް އިތުރު އެލަވެންސް ދޭން ރައީސް ނިންމަވައިފި
ލިޔުން:
ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ސެން ޓީޗަރުންނަށް ރިސްކް އެލަވަންސް ނުވަތަ ހާއްސަ އިނާޔަތެއް ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ "ރައީސްގެ ޖާވާބު" ޕްރޮގްރާމަށް މުލަކަތޮޅު މުލަކު ސްކޫލުގެ ސެން ޓީވަރެއްގެ ގޮތުގައި މަސައްކަތް ކުރާ އައިޝަތު ޝައުފާ ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ޝައުފާ ރައީސްއާއި ސުވާލުކުރެއްވީ ސްކޫލްތަކަށް ސެންޓީޗަރުން ލިބުމުގައި ހުރި ދަތިކަމާއި ސެން ޓީޗަރުންނަށް ކުރިން ދެމުންއައި އެލަވަންސް ކަނޑާލާފައިވާތީ އެކަމުގެ ކަންބޮޑުވުމާ ގުޅޭގޮތުންނެވެ.
މި ސުވާލަށް ޖަވާބުދެއްވާ ރައިސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޓީޗަރުން ތަމްރީންކުރުމަކީ ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދެއްވާ މަސައްކަތެއްކަމަށެވެ. ހާއްސަކޮށް ރާއްޖެއަށް މުހިންމު ދާއިރާތަކާއި ޓީޗަރުން ލިބުމުގައި ދަތިވާ ދާއިރާތަކަށް ހާއްސަ އިސްކަމެއް ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އޭގެތެރެއިން ހާއްސަ އެހީތެރިކަމަށް ބެނުންވާ ކުދިންނަށް ކިޔަވައިދޭ ސެން ޓީޗަރުން އިތުރުކުރުމުގެ މަސައްކަތަށް އިސްކަން ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
