މާލެ: 31°C

ސީ-ޓު-އެއަރ ކާގޯގެ ޙިދުމަތް ބޭނުންކުރާ ނިސްބަތް 300 ގުނަ އިތުރުވެއްޖެ: އެމްއޭސީއެލް

April 13, 2025
290 ފަހަރު ބަލާފައި
ސީ-ޓު-އެއަރ ކާގޯގެ ޙިދުމަތް ބޭނުންކުރާ ނިސްބަތް 300 ގުނަ އިތުރުވެއްޖެ: އެމްއޭސީއެލް
ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް ހޯދާ މިންވަރު 300 އިންސައްތަ އިތުރުވެފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ބުނެފިއެވެ.

ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް ހޯދާ މިންވަރު 300 އިންސައްތަ އިތުރުވެފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ބުނެފިއެވެ.

ސީ-ޓު-އެއަރ ކަރގޯ ޚިދުމަތަކީ އެމްޕީއެލް މެދުވެރިކޮށް ކަނޑުމަގުން ގެންނަ މުދާ ވައިގެ މަގުން އެކި ގައުމުތަކަށް ފޯރުކޮށްދިނުމަށް، އެމްއޭސީއެލް އާއި، އެމްޕީއެލް ގުޅިގެން ފަށާފައިވާ ޚިދުމަތެކެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން އެއިރޯޑްރޯމް މެނޭޖްމަންޓު ޑިޕާޓްމަންޓް އަދި ކާގޯ ޑިޕާޓްމަންޓުގެ ހެޑް ސީނިއަރ ޖެނެރަލް މެނޭޖަރ މަހްމޫދާ ޝަރީފް ވިދާޅުވީ މިދިޔަ އަހަރު ތަޢާރަފްކުރި ސީ-ޓު-އެއަރ ކަރގޯ ޚިދުމަތާއެކު ކާގޯގެ ޚިދުމަތް ވަރަށް ބޮޑުތަނުން ފުޅާވެގެން ގޮސްފައިވާކަމަށާއި ޚިދުމަތް ފެށިތާ އަހަރެއް ނުވަނީސް ޚިދުމަތް ހޯދާ މިންވަރު 300 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.

ކަރގޯގެ ޚިދުމަތަކީ މުސްތަގްބަލުގައިވެސް ފުޅާވެގެން ދާނެ ޚިދުމަތެއްކަމަށާއި އެއާއެކު އިތުރު ޚިދުމަތްތައްވެސް ޤާއިމްވެގެންދާނެކަމަށެވެ. އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ، ފުރިހަމަ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ދިނުމަށް އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާކަމަށާއި، އެގޮތުން މިދިޔަ އަހަރު ހުޅުވުނު ކާގޯ ޓާމިނަލަކީ މިފަދަ ގިނަ ޚިދުމަތްތަކެއްދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ ޓާމިނަލެއް ކަމަށްވެސް ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ