
ސީޕްލޭންގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ވަރަށް އަވަހަށް ފަށާނަން: ރައީސް
ސީޕްލޭންގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ވަރަށް އަވަހަށް ފަށާނަން: ރައީސް
ލިޔުން:
ސީ ޕްލޭންގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ވަރަށް އަވަހަށް ފެށިގެން ދާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއާ އެމްބިއުލާންސްގެ ހިދުމަތް އިއްޔެ ފަށާފައިވާއިރު، ސަރުކާރުން މިހާރު ތައްޔާރުވަމުން ދަނީ މޫދަށްޖައްސާ ބޯޓު މެދުވެރިކޮށް ސީ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ރ.އަތޮޅު އަލިފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ވިދާޅުވީ ކުރިއަށް އޮތް ތިނެއް ނުވަތަ ހަތަރު ހަފްތާގެ ތެރޭގައި މޫދަށްޖައްސާ ބޯޓު މެދުވެރިކޮށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށިގެންދާނޭ ކަމަށެވެ. ރައީސް ވިދާޅުވީ މޫދަށްޖައްސާ ބޯޓުގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމުން އެއާޕޯޓް ނެތް ރަށްރަށަށް ކުއްލި ހާލަތުގައި ބަލިމީހުން އުފުލުމުގެ ހިދުމަތް ދެވިގެންދާނޭ ކަމަށެވެ.
"އެއާ އެމްބިއުލާންސްގެ ގޮތުގައި ޑޭޝް 8 މަރުކާގެ ބޯޓަކާއި ސީ ޕްލޭނެއް ދުއްވާނެ. މި ދެ އުޅަނދު ދުއްވުމުން ދެން އަޅުގަނޑު މެންނަށް އަމިއްލަ ކެޕޭސިޓީގައި މިކަން ކުރެވޭގޮތް މިވީ. ދެންހުރި މުހިއްމު ކަންކަމުގައިވެސް މި ބަލަނީ އަޅުގަނޑުމެންގެ އަމިއްލަ ފައިމައްޗަށް ތެދުވެވޭތޯ" ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.
https://twitter.com/presidencymv/status/1763878232460517884
ރައީސް ވިދާޅުވީ ރައްޔިތުން އެމަނިކުފާނާ ހަވާލުކުރި ޒިއްމާ ފުރިހަމަޔަށް އަދާކުރަން ބޭނުންވާ ކަމަށާއި، އެގޮތުން އެކަން ކުރެވޭނީ ގާނޫނު ހަދާ މަޖިލީހުގެ ތެރެއިންވެސް ސަރުކާރަށް އެއްބާރުލުން ލިބިގެންކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
އަލިފުއްޓަށް މި ސަރުކާރުން ގެންނަންހުރި ތަރައްގީއާ ގުޅޭގޮތުން ރައީސް ވަނީ އެރަށުގެ އެއާޕޯޓް އެޅުމަށް ބިން ހިއްކާއިރު، ތަރައްޤީގެ މަސައްކަތް ކުރުމަށް އިތުރަށް ބިންހިއްކާނޭކަމަށް ވިދާޅުވެފައެވެ. މިގޮތުން ދެން އަލިފުއްޓަށް އަންނަންޖެހޭ ތަރައްޤީ ނައިސް ހުއްޓިފައި ނޯންނާނޭކަމަށް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
