މާލެ: 31°C
ސީޕްލޭން އެމްބިއުލާންސްގައި ފުރަތަމަ ފަހަރަށް ބަލިމީހަކު މާލެއަށް ގެނެސްފި

ސީޕްލޭން އެމްބިއުލާންސްގައި ފުރަތަމަ ފަހަރަށް ބަލިމީހަކު މާލެއަށް ގެނެސްފި

March 19, 2024
3 ފަހަރު ބަލާފައި
ސީޕްލޭން އެމްބިއުލާންސްގައި ފުރަތަމަ ފަހަރަށް ބަލިމީހަކު މާލެއަށް ގެނެސްފި
އެއާ އެމްބިއުލާންސްގެ ހިދުމަތަށް ސީޕްލޭން އިތުރުކުރިފަހުން، ފުރަތަމަ ފަހަރަށް ސީޕްލޭން އެމްބިއުލާންސެއްގައި ބަލިމީހަކު މާލެސިޓީއަށް ގެނެސްފިއެވެ. ސީޕްލޭން އެއާ އެމްބިއުލާންސްގެ ފުރަތަމަ ދަތުރުގައި މާލެ ގެނެސްފައިވަނީ ދ.އަތޮޅު ކުޑަހުވަދޫއިން ހާލުދެރަވި މީހެކެވެ. ސީޕްލޭން އެމްބިއުލާންސްގެ ހިދުމަތް ތައާރަފްކޮށްފައިވަނީ މިދިޔަ ހުކުރުދުވަހުއެވެ. މޫދަށްޖައްސާ ބޯޓުގައި ފެށި އެއާ އެއާ އެމްބިއުލާންސްގެ ހިދުމަތް ހާއްސަކޮށްފައިވަނީ އެއާޕޯޓާ ދުރުގައިވާ ރަށްތަކަށެވެ. ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިމަހުގެ 1 ވަނަ ދުވަހު ފެށި މި ހިދުމަތް ކުއްލި ހާލަތްތަކުގައި 24 ގަޑިއިރު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. https://twitter.com/MaldivianAero/status/1770046253210243555 އެއާ އެމްބިއުލާންސް ހިދުމަތުގެ ދަށުން އެންމެ ފުރަތަމަ މި ހިދުމަތް ފަށާފައިވަނީ އެއާ އެންބިއުލާސްއަށް ހާއްސަކޮށްފައިވާ DHC-8-200ގެ ބޯޓެއްގައެވެ. މި ބޯޓުގައި އެންމެ ފުރަތަމަ ބަލިމީހަކު އުފުލާފައިވަނީ މިމަހުގެ ދެވަނަ ދުވަހު ހދ ކުޅުދުއްފުށިންނެވެ. އެއާ އެމްބިއުލާންސްގައި، ކުއްލި ހާލަތްތަކުގައި ރާއްޖޭގައި ހުރިހާ ކަންކޮޅުތަކުން ފަރުވާ ލިބެންހުރި އެންމެ ކައިރި ޓާޝަރީ ހޮސްޕިލަކަށް ބަލިމީހުން އުފުލާނެއެވެ. އަދި، އެއާ އެމްބިއުލާންސްގައި ތަމުރީނުވެފައިވާ 15 ސިއްހީ ޚިދުމަތްތެރިންނާއި ވަސީލަތްތައް ގާއިމުކޮށްފައި ހުންނާނެއެވެ. ސީޕްލޭން އަދި ޑޭޝް ބޯޓުގެ އިތުރުން ސަރުކާރުން އަންނަނީ ހެލިކޮޕްޓަރު މެދުވެރިކޮށް ބަލިމީހުން އުފުލުމަށް ތައްޔާރުވަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ