އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕްރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސްޑީއެފްސީ) ގެ މެނޭޖިންގ ޑިރެކްޓަރ ކަމުގައި ހުންނެވި އާއިޝަތު ފިފްޝީން އަލީ އެ މަޤާމުން ވަކިކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރައިޡޭޝަން އިން މިއަދު އެކްސް ގައި ކޮސްފައިވާ ޕޯސްޓެއްގައި ބުނެފައިވނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުން އައިޝަތު ފިފްޝީން އަލީ މިއަދު ވަކިކޮށްފައިވާކަމަށެވެ. އެހެންނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީ އަކުން ނުބުނެއެވެ.
ފިފްޝީން އަކީ ރާއްޖޭގެ ބޭންކިންގ ގެ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ބޭންކިންގ ދާއިރާގައި އެއްމެ ފުރަމަ މަސައްކަތް ކުރައްވަން ފެއްޓެވީ 2003 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސް އިންނެވެ. އެގޮތުން އެބޭންކުގައި އޭނާ ވަނީ ހެޑް އޮފް ޗެނަލް މެނޭޖުމަންޓާއި ހެޑު އޮފް އެކުއަރިން އެންޑް ޑިޖިޓަލް ޕޭމަންޓު ފަދަ އިސް މަގާމުތައް ފުރުއްވައިފަ އެވެ.
އެސް. އެމް. އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުގައި ހުންނެވި މއ. ސީރާޒީގެ، އަލްފާޟިލާ ޢާއިޝަތު ފިފްޝީން ޢަލީ މިއަދު އެ މަޤާމުން ވަނީ ވަކިކޮށްފައެވެ.
— Privatization & Corporatization Board (@pcb_gov) March 15, 2025







