މާލެ: 31°C
އެސްޑީއެފްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް މީޒާ އައްޔަންކޮށްފި

އެސްޑީއެފްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް މީޒާ އައްޔަންކޮށްފި

January 16, 2024
4 ފަހަރު ބަލާފައި
އެސްޑީއެފްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް މީޒާ އައްޔަންކޮށްފި
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ފާތިމަތު މީޒާ އާދަމް އައްޔަންކޮށްފިއެވެ. އޭނާ މި މަގާމަށް އައްޔަންކޮށްފައިވާކަން ހާމަކޮށް އެސްޑީއެފްސީން ވަނީ އޭނާއަށް މިއަދު މަރުހަބާ ކިޔައިފައެވެ. މީޒާ މީގެކުރިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީނިއާ ކްރެޑިޓް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާއިރު، އެންމެ ފަހުން އޭނާ ހުންނެވީ ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްގެ ކޯޕަރޭޓް އެފެއާސް މެނޭޖަރެއްގެ ގޮތުގައެވެ. އޭނާ ވަނީ ޔުނިވާސިޓީ އޮފް ވެސްޓް އިންގްލޭންޑުން މާސްޓާ އޮފް ބިޒްނަސް މެނޭޖްމަންޓް (އެމްބީއޭ) ހާސިލްކުރައްވައި، އެކައުންޓިން އަދި ފައިނޭންސްގެ ދާއިރާއިން އުނިވާސިޓީ އޮފް ކޮލަމްބޯ އިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައިފައެވެ. އާ ސަރުކާރެއް ފެށުމާއެކު، ސަރުކާރުގެ ކުންފުނިތަކަސް ވެރިން އައްޔަންކުރަމުން އަންނައިރު، އެސްޑީއެފްސީގެ އެމްޑީގެ މަގާމަށް އާ ބޭފުޅަކު އައްޔަނުކޮށްފައެއް ނުވެއެވެ. އެގޮތުން، އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ ކުރީ ސަރުކާރުން އައްޔަނުކުރި، އަހުމަދު ޒީނާދެވެ. އެސްޑީއެފްސީއަކީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ގާއިމްކުރެވިފައިވާ ކުންފުންޏެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ