
ސްކޫލްތަކާ ގުޅުވައި ނަޝީދު ކުރެއްވި ތުހުމަތު ސަރުކާރުން ދޮގުކޮށްފި
ސްކޫލްތަކާ ގުޅުވައި ނަޝީދު ކުރެއްވި ތުހުމަތު ސަރުކާރުން ދޮގުކޮށްފި
ލިޔުން:
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭނު ހަރަކާތްތަކަށް ހުރަސް އަޅަން ބައެއް ސްކޫލްތަކުގެ ޕްރިންސިޕަލުން "ހީލަތްތެރި ކަމާ އެކު މަސައްކަތްކަތް ކުރާ" ކަމަށް ވިދާޅުވެ އެމަނިކުފާނު ކުރެއްވި ތުުހުމަތު ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރައްވާ ކެމްޕޭނުގައި ބ. ހިތާދޫގައި އިއްޔެ ބޭއްވެވި ބައްދަލުވުމުގައި ނަޝީދު ތުހުމަތުކުރެއްވި ގޮތުގައި އެމަނިކުފާނު ރަށްރަށަށް ވަޑައިގަންނަވާ ވަގުތާ ދިމާވާ ގޮތަށް ސްކޫލްތަކުން އަންނަނީ ބެލެނިވެރިންނާއި ޓީޗަރުންގެ ބައްދަލުވުންތައް ރާވަމުންނެވެ. އެއީ ވަރަށް ހެއްވާ ކަމެއް ކަމަށާއި "މަދުރަސާއެއްގެ ނާޒިރަކު ހީލަތްތެރިކަމާ އެކު އެފަދަ ކަމެއް ކޮށްފިއްޔާ" ވަޒީފާއިން ވަކިކުރަން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިން ގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާވު ދެއްވަމުން އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ވަކި ބޭފުޅަކު ވަޑައިގަންނަވާ ގަޑިއަކާ ދިމާވާ ގޮތަށް ބައްދަލުވުންތައް ރާވަން ސަރުކާރުން އެއްވެސް ސްކޫލަކަށް އިރުޝާދު ދީފައި ނުވާނެ ކަަމަށެވެ. އެހެން ނަމަވެސް އާ ޓާމެއް ފަށާ އިރު ސްކޫލްތަކުން ބާއްވާ ބައްދަލުވުންތައް ގިނަވެދާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.
" ހަމަ ގައިމު ވެސް ސަރުކާރުގެ ފަރާތުން އެކަހަލަ އިންސްޓްރަކްޝަނެއް އެއްވެސް ސްކޫލަކަށް ، އެއްވެސް ސަރުކާރުގެ އިދާރާއަކަށް ދީފައެއް ނޯންނާނެ. ސްކޫލްތަކަކީ އަޅުގަނޑުމެން އަބަދުވެސް މި ދަންނަވާ ވާހަކައަކީ، ސިޔާސީ ކަންކަމުން އެއްކިބާވެ އޮންނަ ތަންތަނޭ،" މިއުވާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަޑައިގަންނަވާ ރަށެއްގައި ވެސް ސްކޫލް ބައްދަލުވުމެއް އޮވެދާނެ ކަމަށެވެ. ވަކި ބޭފުޅަކު ވަޑައިގަންނަވާތީ ސްކޫލެއްގެ ބައްދަލުވުމެއް މަޑުޖައްސައިލުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
