މާލެ: 31°C

ސްކޫލުތަކާ އަލަށް ގުޅިވަޑައިގަންނަވާ ޕްރިންސިޕަލުންނަށް މަޤާމުގެ ލިއުން ހަވާލުކޮށްފި

ސްކޫލުތަކާ އަލަށް ގުޅިވަޑައިގަންނަވާ ޕްރިންސިޕަލުންނަށް މަޤާމުގެ ލިއުން ހަވާލުކޮށްފި
March 9, 2023
2 ފަހަރު ބަލާފައި
ސްކޫލުތަކާ އަލަށް ގުޅިވަޑައިގަންނަވާ ޕްރިންސިޕަލުންނަށް މަޤާމުގެ ލިއުން ހަވާލުކޮށްފި
މެލޭޝިއާގެ ޔުނިވަރސިޓީ މަލާޔާއިން "މާސްޓަރސް އޮފް އެޑިޔުކޭޝަނަލް މެނޭޖްމަންޓް" ކޯސްފުރިހަމަކޮށް ސްކޫލުތަކާ ގުޅިވަޑައިގަންނަވާ 17 ޕްރިންސިޕަލުންނަށް އެ ބޭފުޅުންގެ މަޤާމުގެ މަސްއޫލިއްޔަތުގެ ލިއުން ހަވާލުކޮށްދެއްވައިފިއެވެ. އެ ބޭފުޅުންގެ މަޤާމުގެ މަސްއޫލިއްޔަތުގެ ލިއުން ހަވާލުކޮށްދެއްވީ މިކަމަށްޓަކައި ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ޤައުމަށް އެންމެ ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދެއްވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ގިނަ ދާއިރާތަކަކަށް އަމާޒުކޮށް މީހުން ތަމްރީނުކުރުމަށް ސަރުކާރުން މިހާރުވެސް ޕްރޮގްރާމުތަކެއް ފަށައިގެން ކުރިޔަށްގެންދާކަން ފާހަގަކުރައްވައި އޭގެ ބައެއް ތަފުޞީލުތަކަށް އަލިއަޅުވާލެއްވިއެވެ. މީގެ އިތުރުން މިރޭގެ ރަސްމިއްޔާތުގައި މަޤާމުގެ ލިއުމާ ހަވާލުވެވަޑައިގެންނެވި ޕްރިންސިޕަލުން އެބޭފުޅުންގެ ޒިންމާ އަދާކުރެއްވުމުގައި ކަމާގުޅޭ ހުރިހާ ފަރާތްތަކާއި ގުޅިގެން، އެއް އަމާޒަކަށް ވާޞިލުކުރުމަށް މަސައްކަތްކޮށްދެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ. ޕްރިންސިޕަލުންނަށް ހިންގި މި ސްކޮލަރޝިޕް ޕްރޮގްރާމަކީ ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޕްރިންސިޕަލުން ތަމްރީނުކުރުމުގެ މަޤްޞަދުގައި 2022 ވަނަ އަހަރު ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން މެލޭޝިއާގެ މަލާޔާ ޔުނިވަރސިޓީގައި ކުރިޔަށްގެންދިޔަ "މާސްޓަރސް އޮފް އެޑިޔުކޭޝަނަލް މެނޭޖްމަންޓް" ކޯސް ފުރިހަމަކޮށް މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 17 ފަރަތަކުން ވަނީ ސެޓްފިކެޓް ޙާޞިލުކޮށްފައެވެ. ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ހިނގާ ސްކޮލަރޝިޕް ޕްރޮގްރާމަކީ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ސްކޮލަރޝިޕް ޕްރޮގްރާމުގެ 2 ވަނަ ބުރު މިއަހަރު ތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު މުޅި މި ޕްރޮގްރާމް ނިމޭއިރު ސަރުކާރުން ހިންގާ ހުރިހާ ސްކޫލަކަށް ތަމްރީނު ލިބިފައިވާ ދިވެހި ޕްރިންސިޕަލުން ތިބޭނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ