
ސްކޫލް ކުދިންގެ ލަވަމުބާރާތުގެ ނަތީޖާ ފާޅުކުރުުން ހޮނިހިރު ދުވަހު
ސްކޫލް ކުދިންގެ ލަވަމުބާރާތުގެ ނަތީޖާ ފާޅުކުރުުން ހޮނިހިރު ދުވަހު
ލިޔުން:
8 އަހަރުގެ މެދުކެނޑުމަކަށްފަހު، ޕީއެސްއެމުން އިންތިޒާމުކޮށްގެން ބޭއްވި "އިންޓަ ސްކޫލް ލަވަ މުބާރާތް" ގެ ނަތީޖާ ފާޅުކުރުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ތައްޔާރުވާން ފަށައިފިއެވެ.
ހަ އުމުރުފުރާއަކަށް ބަހާލައިގެން ބޭއްވި މި ލަވަ މުބާރާތުގައި ވާދަކުރި ދަރިވަރުން ލަވަތައް ހުށަހެޅުން ކުރިއަށް ދިޔައީ މި މަހުގެ 16-20 އަށެވެ. އެއީ 6 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ.
މިއަހަރުގެ ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި މާލެއާއި އަތޮޅުތަކުގެ ސްކޫލްތައް ހިމެނޭހެން 32 ސްކޫލަކުން ޖުމްލަ 273 ދަރިވަރަކު ވާދަކުރިއެވެ.
މި މުބާރާތުގެ ފަނޑިޔާރުންގެ ޕެނަލްގައި ޖުމްލަ 7 ފަނޑިޔާރުން ހިމެނުނެވެ. އެއީ ކާނަލް އަލީ މަނިކު (ދާރި) އާއި އާދަމް ނަސީރު އިބްރާހީމް އާއި ޝިފާ ތައުފީގު އާއި، މުހައްމަދު އާމިރު އަހަމަދު (ފަރެސް) އާއި، މަރްޔަމް އުނޫޝާ (ކިޑީ ދައްތަ) އާއި، މުހައްމަދު ޝުހައިލް ގެ އިތުރުން ފާތިމަތު ފެޒްލީން އެވެ.
މިއީ ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަދި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިންގާ ނެޝެނަލް ސެންޓަރ ފޯ ދި އާޓްސް، އެންސީއޭ ގުޅިގެން ގެނެސްދިން މުބާރާތެކެވެ.
ޓީވީއެމުން 1988 ގައި ފެށި "އިންޓަ ސްކޫލް ލަވަ މުބާރާތް" އެންމެ ފަހުން ބޭއްވީ 2015 ގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
