
ސްކޫލް ދަރިވަރުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހެލްޕްލައިނެއް ގާއިމްކޮށްފި
ސްކޫލް ދަރިވަރުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހެލްޕްލައިނެއް ގާއިމްކޮށްފި
ލިޔުން:
ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް "ހެލްޕްލައިން 1484" އެއް ގާއިމްކޮށްފިއެވެ.
މި ހެލްޕްލައިން އިފްތިތާހްކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އެވެ. އެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ހ. މީރުމާގައެވެ.
ރައީސްގެ އަނބިކަނބަލުން މިއަދު އިފްތިތާހްކޮށްދެއްވި މި ހެލްޕްލައިން 1484 ގާއިމްކޮށްފައިވަނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިސްނަގައިގެން، ޔުނިސެފާއި، ޑަބްލިޔު.އެޗް.އޯ ގެ އެހީތެރިކަމާއި އެކުގައެވެ. މިހެލްޕްލައިންގައި މަސައްކަތްކުރައްވާ ކައުބްސިލަރުން ތަމްރީން ކުރުމާއި ހެލްޕްލައިން ހިދުމަތް ފޯރުކޮށްދޭނެ އުސޫލުތައް އެކުލަވާލުމުގައި ދިވެހި ރެޑްކްރެސެންޓުން ވަނީ ފަންނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށް ދިނުމަށް ގާއިމްކުރި މިހެލްޕްލައިން 1484 ގެ ހިދުމަތް ހުކުރު ދުވަސްފިޔަވައި ކޮންމެ ދުވަހަކު ވެސް ލިބޭނެއެވެ. މިހެލްޕްލައިންގެ ހިދުމަތްފެށުމަށް ހަމަޖެހިފައިވަނީ މިހިނގާ ޖޫންމަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.
ސްކޫލް މަދަރުސާތަކުގެ ދަރިވަރުންނަށް މި ހެލްޕްލައިން މެދުވެރިކޮށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދެއްވުމުގެ މަސައްކަތް ކުރައްވާނީ އެކަމަށްޓަކައި ހާއްސަކޮށް ތަމްރީން ދެއްވާފައިވާ ސްކޫލްތަކުގައި މިހާރު ތިއްްބެވި ކައުންސިލަރުންނެވެ. މި ހެލްޕްލައިނުން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ތިބި ސްކޫލް މަދަރުސާތަކުގެ ދަރިވަރުންނަށް ހިދުމަތް ހޯދޭނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
