
ސްކޭމް މައްސަލަ ހައްލުކުރަން ގޮވާލައި ކުއްލި މައްސަލަ އެއް
ސްކޭމް މައްސަލަ ހައްލުކުރަން ގޮވާލައި ކުއްލި މައްސަލަ އެއް
ލިޔުން:
ސްކޭމްކޯލްތަކާއި ލިންކްތައް މެދުވެރިކޮށް މީހުންގެ އެކައުންޓުން ފައިިސާ ވަގަށް ނަގާ މައްސަލަ ހައްލުކުރަން ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި އެ މައްސަލަ މަޖިލީހަށް ބަލައިގަތީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 39 މެމްބަރުންގެ ތެރެއިން 33 މެމްބަަރަކު ވޯޓު ދެއްވައިގެންނެވެ. އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް ހަތަރު މެމްބަރަކު ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ވޯޓު ނުދެއްވައި ދެ މެމްބަރަކު ތިއްބެވި އެވެ.
ކުއްލި މައްސަލައިގައި މެމްބަރު ނަޝީދު ތުހުމަތުކުރެއްވި ގޮތުގައި ސްކޭމް ކޯލްތަކާއި ލިންކްތައް މެދުވެރިކޮށް އެކައުންޓްތަކުން ފައިސާ ވަގަށް ނެގުމުގެ މައްސަލަަތައް ކުރިމަތިވަނީ ހާއްސަކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކަސްޓަމަރުންނަށެވެ. އެ ފަދަ މައްސަލަތައް ބޭންކަށާއި ފުލުހުންނަށް ހުށަހެޅި ނަމަވެސް އެކަމުން ކުރިމަތިވަނީ އިތުރު ތަކުލީފު ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.
"...އާއްމު ރައްޔިތުން ބޭންކް އޮފް މޯލްޑިވްސް އަށް ކުރަން ޖެހޭ އިތުބާރު ގެއްލުމާއި އަދި މިފަދަ މައްސަލަތަކުގައި އެހެން ބޭންކްތަކުން މި މައްސަލަ ކުރިމަތިނުވެ، ހަމަ އެކަނި ބޭންކް އޮފް މޯލްޑިވްސް އަށް އިނގިލި ދިއްކުރެވޭ މިންވަރު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން[ދެ އެވެ]،" ކުއްލި މައްސަލައިގައި ނަޝީދު ވިދާޅުވި އެވެ.
އެ މައްސަލަ މަޖިލީހަށް ބަލައިގެ، ބަހުސްގެ ފުރަތަމަ ފުރުސަތުގައި އޭނާ ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް ޓަކައި ބީއެމްއެލްގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރަން ޖެހޭ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
