މާލެ: 31°C

ސްކޭމް ހުއްޓުވުމަށް ކަމާ ގުޅުންހުރި މުވައްސަސާތައް އެކުވެގެން ގައިޑްލައިންއެއް އެކުލަވާލަނީ

February 2, 2025
97 ފަހަރު ބަލާފައި
ސްކޭމް ހުއްޓުވުމަށް ކަމާ ގުޅުންހުރި މުވައްސަސާތައް އެކުވެގެން ގައިޑްލައިންއެއް އެކުލަވާލަނީ
ސްކޭމް ހުއްޓުވުމަށް ކަމާ ގުޅުންހުރި މުވައްސަސާތައް އެކުވެގެން ގައިޑްލައިންއެއް ވއެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

ސްކޭމް ހުއްޓުވުމަށް ކަމާ ގުޅުންހުރި މުވައްސަސާތައް އެކުވެގެން ގައިޑްލައިންއެއް ވއެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި ފަސް ވަނަ އިސްލާހާ ގުޅިގެން ސްކޭމްގެ މައްސަލަތައް ހުއްޓުވަން ގައިޑް ލައިންނެއް އެކުލަވާލުމުގެ ގޮތުން ކަމާ ގުޅުންހުރި މުވައްސަސާތަކާއެކު އިސްކަންދަރު ބިލްޑިންގުގައި މިއަދު ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއެއްވާފައެވެ.

މި ބައްދަލުވުމަކީ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރާއި، ޕްރޮސިކިއުޓަ ޖެނެރަލް އޮފީހާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ. އަދި މި ބައްދަލުވުމުގައި ޓެލެ-ކޮމިއުނިކޭޝަން އޮތޯރިޓީއާއި، ދިރާގާއި، އުރީދޫއާއި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާއި، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާއި، ފަހި ޕޭ އަދި ވިލާ ޓްރެވަލްސް އިން ވަނީ ބައިވެރިވެފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި ވަނީ ޖިނާއި އިޖުރާއަތުގެ ގާނޫނަށް ގެނައި ފަސް ވަނަ އިސްލާހާ ގުޅޭ ގޮތުން އިދާރާތަކުގެ މެދުގައި މަޝްވަރާކޮށް، އަދި ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށް، މާލީ އިދާރާތައް ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ފާހަގަކޮށް އެކަންކަން ކުރިއަށްގެންދާނެ ގޮތުގެ ގައިޑްލައިން ހެދުމަށް ބޭނުންވާ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ