މާލެ: 31°C

ސްކޭމްތައް ހުއްޓުވުމަށް ބީއެމްއެލް އިން ފިޔަވަޅުތަކެއް އަޅައިފި

ސްކޭމްތައް ހުއްޓުވުމަށް ބީއެމްއެލް އިން ފިޔަވަޅުތަކެއް އަޅައިފި
March 7, 2023
2 ފަހަރު ބަލާފައި
ސްކޭމްތައް ހުއްޓުވުމަށް ބީއެމްއެލް އިން ފިޔަވަޅުތަކެއް އަޅައިފި
ކަސްޓަމަރުންނަށް އޮޅުވާލުމަށް ބޭނުންކުރާ އާންމު ސްކޭމްތައް ހުއްޓުވުމަށް ދާދިފަހުން ބީއެމްއެލުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ. ޓީވީއެމުން މިއަދު ދެއްކި ޕްރޮގްރާމެއްގައި ބީއެމްއެލްގެ ޕީއާރު ކޯޑިނޭޓަރު މަރިޔަމް ނުޒުހަތު ވިދާޅުވީ ސްކޭމްތަކުން ސަލާމަތްކުރުމަށް  އެ ބޭންކުން އެޅި އެއް ފިޔަވަޅަކީ ކަސްޓަމަރުންގެ އެކައުންޓަށް ވަންނަ ނުވަތަ ކެންޑޭ ފައިސާގެ މުއާމަލާތްތަކުގެ ނޯޓިފިކޭޝަނެއް އިންޓަނެޓް ބޭންކިންގް މެދުވެރިކޮށް ކަސްޓަމަރުންނަށް ފޮނުވަން ފެށުން ކަމަށެވެ. އަދި އިންޓަނެޓް ބޭންކިންގް އަށް ވަންނަ ކޮންމެ ފަހަރަކުވެސް ނޯޓިފިކޭޝަނެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކިއުއާރު ޕޭމެންޓްސް ތަކުގެ ސްކޭމްތައް ގިނަވުމާއި ގުޅިގެން އިއްޔެ އެޅި ފިޔަވަޅަކީ ވެސް ކަސްޓަމަރުންގެ ސަލާމަތަށް އެޅި ވަަރަށް ހަރުދަނާ ފިޔަވަޅެއްކަމަށް ނުޒުހަތު ވިދާޅުވިއެވެ. އިއްޔެ ގެނައި ބަދަލަކީ ކިއުއާރު ޕޭމެންޓްސް ހަދާ ނަމަ އޯޓީޕީ ކޯޑެއް ބޭނުން ކުރަން ޖެހޭ ގޮތް ހެދުމެވެ. އޭނާ ވިދާޅުވީ ޕޭމެންޓްސް ހެދުމާއި އޯޓީޕީ ގެނެރޭޓް ކުރުމަށް އޮތެންޓިކޭޓާ އެޕް ބޭނުންކުރެވޭނެ ކަމަށެވެ. [embed]https://twitter.com/bankofmaldives/status/1632702318528417793?s=20[/embed] ޕަބްލިކް ރިލޭޝަން ގެ މެނޭޖަރ މުހައްމަދު ސައީދު ވިދާޅުވީ އެއްވެސް ކަސްޓަމަރަކަށް ބީއެމްއެލް އިން ލިންކެއް ނުފޮނުވާނެ ކަމަށެވެ. އަދި ގޮތްނޭންގޭ ފައިސާ އެކައުންޓަށް ޖަމާވެއްޖެނަމަ ބީއެމްއެލް އަށް އެންގެވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ސައީދު ވިދާޅުވިއެވެ. ސަބަބަކީ ބައެއް ހާލަތްތަކުގައި ސްކޭމް ކުރާ ފަރާތްތަކުން އޮޅުވާލައިގެން ފައިސާ ގެނައުމަށް އެހެން ފަރާތްތްކުގެ އެކައުންޓް ބޭނުންކޮށްފައިވާތީއެވެ. ރާއްޖޭގައި ފަހަކަށް އައިސް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަ އަންނީ ވަރަށް ބޮޑަށް ގިނަވަމުންނެވެ. އެހެންކަމުން އެކަންތައްތަކުން ކަސްޓަމަރުން ރައްކާތެރިކުރުމަށްް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށް ބީއެމްއެލް އިން ކުރިން ވެސް ބުންޏެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ