މާލެ: 31°C

ސަވާހިލީގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން އައްޑޫސިޓީ ކައުންސިލުން އިއުލާނުކޮށް

April 8, 2025
332 ފަހަރު ބަލާފައި
ސަވާހިލީގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން އައްޑޫސިޓީ ކައުންސިލުން އިއުލާނުކޮށް
އައްޑޫ ސިޓީގެ މަރަދޫ އާއި ފޭދޫ ކައިރީގައި އޮންނަ 'ސަވާހިލި' ގައި ޓޫރިޒަމް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން އައްޑޫސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.

އައްޑޫ ސިޓީގެ މަރަދޫ އާއި ފޭދޫ ކައިރީގައި އޮންނަ 'ސަވާހިލި' ގައި ޓޫރިޒަމް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން އައްޑޫސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ސަވާހިލި ގައި ޓޫރިސްޓް ފެސިލިޓީއެއް ހިންގަން 50 އަހަރަށް ކުއްޔަށް ދިނުމަށް ނިންމާފައިވަނީ އެރަށުން 858،462 އަކަފޫޓުގެ ބިމާއި ފަޅުން ކަނޑައަޅާފައިވާ ސަރަހައްދެއްގައި ކަމަށެވެ.

އެރަށުގައި ގާއިމްކުރާ ޓޫރިސްޓް ފެސިލިޓީގައި މަދުވެގެން 10 ކޮޓަރިއާއި، ރެސްޓޯރެންޓަކާއި، އިންޑޯ އަދި އައުޓްޑޯ ކުޅިވަރު ވަސީލަތްތަކާއި، މޫދުކުޅިވަރުގެ އިތުރުން ސްޕާއާއި، ވެލްނަސް ސެންޓަރާއި، ސުވިމިން ޕޫލާއި ފަތުރުވެރިންނަށް ހިދުމަތް ދެވޭ އެހެނިހެން ވަސީލަތްތައް ތަރައްގީ ކުރަން ޖެހޭނެކަމަށް ބުނެފައިވެއެވެ.

އައްޑޫސިޓީ ކައުންސިލް ގެ އިއުލކާނުގައި ބުނެފައިވާގޮތުން އެރަށުގައި ޓޫރިޒަމް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް 15 މޭ 2025 ގެ 13:00 އަށް އައްޑޫ ސިޓީކައުންސިލަށް ވަޑައިގަންނަވަން ޖެހިލައްވާނެއެވެ.

އަދި އެ މަޝްރޫއުގެ ބީލަން ފޮތް ކައުންސިލް އިދާރާ އަދި އީމެއިލް މެދުވެރިކޮށް މިއަދުން ފެށިގެން 20 އޭޕްރީލްގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 9އިން މެންދުރު 1 އަށްކަމަށް އައްޑޫ ސިޓީ ކައުންސިލުން ލިބެންހުންނާނެކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ