މާލެ: 31°C

ސަވާދިއްތަ ދަތުރުގެ ދެވަނަ އެޑިޝަނެއް މާޗްމަހު ބާއްވަނީ

February 26, 2023
2 ފަހަރު ބަލާފައި
ސަވާދިއްތަ ދަތުރުގެ ދެވަނަ އެޑިޝަނެއް މާޗްމަހު ބާއްވަނީ
ސަވާދިއްތަ ދަތުރުގެ ދެވަނަ އެޑިޝަނެއް މާޗްމަހު ބާއްވަނީ
ރާއްޖޭގައި ބާއްވާ ސަވާދިއްތަ ދަތުރުގެ ދެވަނަ އެޑިޝަނެއް އަންނަ މާރޗް މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޕްމެންޓް ކޯޕަރޭޝަނުން ބުނެފި އެވެ. ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި އެމްއައިޓީޑީސީގެ ގެ ޑިރެކްޓަރު އަޒްހާނާ ޝަފީގް ވިދާޅުވީ ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަން ފެށުމަށްޓަކައި އެމްއައިޓީޑީގެ އެޑްވާންސް ޓީމުން މިހާރު ނ. ލަންދޫ ގައި ކޭމްޕް ކޮށްފައިވާ ކަމަށެވެ. އެ ދަތުރު ފެށުމަށްޓަކައި މިހާތަނަށް ދެ ޔޮޓް ލަންދޫގައި ބަންދަރު ކޮށްފައި ވާއިރު، މިފަހަރުގެ ދަތުރުގައި ދިހަ އަކަށް ވުރެ ގިނަ ޔޮޓް ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މެލޭޝިއާގެ މަޝްހޫރު ފަރާތެއް ކަމަށްވާ ފެބްޔަންކް ޕަރްނާންދޭސް ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަންގައި ބައިވެރިވާނެ ކަމަށް އަޒްހާނާ ވިދާޅުވިއެވެ. ޕަރްނާންދޭސް މަޝްހޫރު ވެފައިވަނީ ފަސް އަހަރުގެ މުއްދަތެއްގެ ތެރޭގައި ދުނިޔެ ވަށާ ޔޮޓެއްގައި ދަތުރުކޮށްފައި ވުމުންނެވެ. އޭނާގެ އިތުރުން ޔޮޓް ކޮމިއުނިޓީގެ މަޝްހޫރު ފަރާތްތަކާއި ސޯޝަލް މީޑިއާގައި ކުރިއަރަމުން އަންނަ ބައެއް ފަރާތްތަކުން ވެސް މި ދަތުރުގައި ބައިވެރިވާނެ ކަމަށް  އަޒްހާނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މި ދަތުރު އަންނަ މާޗް މަހުގެ ފުރަތަމަ ދުވަހު ލަންދޫ ގައި ފެށުމަށް ހަމަޖެހިފައިވާއިރު، ޖުމްލަ 9 ރަށަކަށް ފަތުރުވެރިންނާ އެކު ޔޮޓްތައް ދަތުރުކރުާނެ އެވެ. އެހެންވެ މިހާރު ހުރިހާ ރަށަކުން އަންނަނީ އެރަށެއްގެ ސަގާފަތާއި އާދަކާދަތައް ފަރުރުވެރިންނަށް އެންމެ ފުރިހަމަ ގޮތުގައި ދައްކާ ދިނުމަށް ބޮޑެތި ތަށްޔާރީތައްވަމުން ކަމަށް އޭނާ ވިދާޅުވިއެވެ. ޔޮޓްތައް ކޮންމެ ރަށެއްގައިވެސް ދެ ދުވަހު މަޑުކުރުމަށް ހަމަޖެހިފައިވެއެވެ. އަޒްހާނާ ވިދާޅުވި ގޮތުގައި 18 ދުވަހަށް ދިގު ދެމިގެންދާ އެ ބޮޑު ހަރަކާތަށް ހުރިހާ ރަށެއްގެ ކައުންސިލަރުންނާއި ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރު ލުމެއް އަންނަނީ ލިބެމުންނެވެ އެ ދަތުރުގެ މައިގަނޑު މަދްސަދަކީ ޓުއަރިޒަމް ކޮމިނިޓީ ޕްރޮމޯޓް ކުރުމާއި ރާއްޖޭގެ ރަށްތަކުގެ ސަގާފީ އަދި ސާދާ ދިރިއުޅުން ފަތުރުވެރިންނަށް ދައްކައިލަދިނުމެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ޕްރޮމޯޓް ކުރުމާއި ރަށުގައި ތިބެގެން ރައްޔިތުންނަށް ވަޒީފާ އަދާކުރެވި، އޭގެ ފައިދާ ރަށު ރައްޔިތުންނަށް ލިބި ދިނުމަކީ ވެސް އަޒްހާނާ ވިދާޅުވި ގޮތުގައި ސަވާދީއްތަ ދަތުރުގެ މަގުސަދެކެވެ. ދަތުރުގެ ސަބަބުން ފަތުރުވެރިންނަށް އެ ރަށް ތަކުގެ ގެސްޓް ހައުސް ތަކުގެ ހިދުމަތްތައް ހުރި ފެންވަރު ބަލާލުމުގެ ފުރުސަތު ލިބި، ދިވެހި ކެއުމާއި ދިވެހިންގެ ސަގާފަތެއް ކަމުގައިވާ ބޮޑުބެރު ޖެހުމާއި މިފަދަ އެތައް ކަމެއް ފެނިގެންދާނެ އެވެ. އަދި މިކަމުގެ ސަބަބުން ސެއިލަރުންގެ މެދުގައި ރާއްޖެ މަޝްހޫރު ވެގެންދާނެ އެވެ. މިދިޔަ އަހަރު ބޭއްވި ސަވާދިއްތަ ދަތުރުގެ ފުރަތަމަ އެޑިޝަންގައި ބައިވެރިވި އަދަދަށް ވުރެ ގިނަ ޔޮޓް މިފަހަރުގެ ދެވަނަ އެޑިޝަން ގައި ބައިވެރިވެއެވެ. އެއީ އެ ދަތުރަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެއްކަމާއި ފަތުރުވެރިންނަށް ރާއްޖޭގެ ސަގާފީ ކަންކަން އިތުރަށް ތަޖުރިބާ ކުރުމަށް ބޭނުންވެފައި ހުރި މިންވަރު އެންގިގެންދާ ކަމެއް ކަމަށް އަޒްހާނާ ވިދާޅުވިއެވެ.    

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ