ސަވާދިއްތަ ދަތުރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހުރިހާ ރަށެއްގައި ޔޮޓްތައް ބަނދަރުނުކުރެވުން

ސަވާދިއްތަ ދަތުރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހުރިހާ ރަށެއްގައި ޔޮޓްތައް ބަނދަރުނުކުރެވުން
ލިޔުން:
ސަވާދިއްތަ ދަތުރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި ހުރި ހުރިހާ ރަށްތަކެއްގައި ޔޮޓްތައް ބަނދަރުނުކުރެވުން ކަމަށް އެމްއައިޓީޑީސީއިން ބުނެފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރާއިދު ވިދާޅުވީ ސަވާދިއްތަ ދަތުރަކީ ބްރޭންޑަކަށް ވެއްޖެކަމަށާއި ރައްޔިތުންނާއި އިންޑަސްޓްރީ ބަލައިގަންނަ އިވެންޓަކަށް ވެއްޖެ ކަމަށެވެ. ރާއިދު ވިދާޅުވީ ހުރިހާ ރަށަކުން ވެސް ޔޮޓްތައް ބަނދަރުކުރަން ބޭނުންވި ނަމަވެސް ހުރިހާ ރަށްތަކަކީ އަދި ރެލީގައި ކަނޑައަޅާ ހުރިހާ ރަށްތަކަކީ ޔޮޓުފަހަރަށް ދެވޭ ގޮތަށް ހުރި ރަށްތަކެއް ނޫން ކަމަށެވެ. އެގޮތުން ބައެއް ރަށްތަކާއިއެކު އެކަމާ ގުޅިގެން ހޫނު ބަހުސްތައް ވެސް ދިޔަކަމަށް އޭނާ ވިދާޅުވިއެވެ.
މިއަހަރުގެ ސަވާދިއްތަ ދަތުރުގައި ޔޮޓުތަކަށް ނުވަދެވުނު ރަށްތަކުގެ ތެރޭގައި ޅ. ހިންނަވަރު، އއ. ތޮއްޑޫ އަދި އއ. އުކުޅަސް އޭނާ ފާހަގަކުރެއްވިއެވެ. ރާއިދު ވިދާޅުވީ އެ ރަށްތަކަށް އެއްގޮތަކަށްވެސް ޔޮޓުތައް ނުފެންނަ ކަމަށާއި އެހެންނަމަވެސް އެ ރަށްތަކުގެ ރައްޔިތުންނަށް އެ ރަށްރަށަށް ޔޮޓްތައް ގެންދެވެން ނެތް ސަބަބު ކިޔައިދީފައިވާނެ ކަމަށެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެން ބަލާނަން ތިންވަނަ އެޑިޝަންގައި އެކަން މިނިމައިޒް ކޮށްގެން ކުރިއަށް ގެންދެވޭތޯ. މިހާރު މި އޮތީ ގާތްގަނޑަކަށް ރާއްޖެ ދެބައި ކުރެވިފައި އިނގޭތޯ ޔޮޓް ރެލީގައި. އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި އަޅުގަނޑުމެން ދެން ހަމަ ދެކުނަށް މިސްރާބު ޖަހައިގެން އަޅުގަނޑުމެން އީކުއޭޓާ ހުރަސްކުރެވޭތޯ ވެސް މަސައްކަތް ކުރާނަން."
ރާއިދު ވިދާޅުވީ ސަވާދިއްތަ ދަތުރަށް އޮތް އިތުރު ގޮންޖެހުމަކީ މިހާރު ރާއްޖޭގައި އަމަލުކުރަމުންދާ ގަވާއިދުތަކާއި އުސޫލުތަކުގެ ސަބަބުން ކަމަށެވެ. އޭނާ ވިދާޅުވީ "ޕްލެޝާރ ވެސަލްސް" ތަކަކީ އެއްވެސް ގަވާއިދެއްގެ ތެރެއިން މާނަކުރެވިފައި ހުރި އެއްޗެއް ނޫން ކަމަށެވެ. އަދި އެކަމާ ގުޅިގެން ރާއްޖެއަށް ވަރަށް ނެގެޓިވް ކޮމެންޓްސް މީގެ ކުރިން ލިބިފައިވާ ވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
